ޓައިވާންގެ އައްސޭރިފަށަށް 7.4 މެގްނިޓިއުޑްގެ ބިންހެލުމެއް, ސުނާމީގެ އިންޒާރު ދީފި
އައިޝަތު އިފާޝާ
4/3/2024, 1:47:43 AM
ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް ވެއްޓިފައި
ޓައިވާނުގެ އައްސޭރިފަށަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް އައިސްފައިވަނީ 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ.
ބިންހެލުން އައިސްފައިވަނީ ހުއާލިއަން ސިޓީގެ ދެކުނުން ގާތްގަނޑަކަށް 18 ކިލޯމީޓަރު (11 މޭލު) ދުރުގައެވެ.
ބިންހެލުމާ ގުޅިގެން ޓައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަނުން ވަނީ ސުނާމީގެ އިންޒާރު ދީފައެވެ. ސީޑަބްލިއުއޭގެ އެލާޓެއް އެންމެންނަށް ނުލިބުނު ނަމަވެސް، ސުނާމީއެއްގެ އަސަރު އުތުރުގެ އައްސޭރިފަށުގެ ސަރަހައްދަށް ކުރާނެ ކަމުގެ އިންޒާރު ދީ، އައްސޭރިފަށުގައި ދިރިއުޅޭ މީހުންނއުސް ބިންތަކަށް މީހުން ހުސްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ބިންހެލުމާއި ގުޅިގެން ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިންވެސް ވަނީ މިއާކޯޖިމާ އާއި އޮކިނާވާ އަށް ސުނާމީގެ އިންޒާރު ދީފަ އެވެ.
ޓައިވާންގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާނަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބުދަ ދުވަހުގެ ފަތިހު ޓައިވާނަށް އައި ބިންހެލުމަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.
އިތުރު ތަފްސީލު އަންނަނީ...