logoEN
cocacola
ހުރިހާ ވައުދެއް ފުއްދޭނެ, އެކަމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވާނެ  - ރައީސް

ހުރިހާ ވައުދެއް ފުއްދޭނެ, އެކަމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވާނެ - ރައީސް

އަހުމަދު ޝުރާއު

logo

4/2/2024, 4:47:30 PM

# ރައީސް މުއިއްޒު

ރައީސް މުއިއްޒު

ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށާއި ނަމަވެސް އެކަމަށް މަޖިލީހުގެ އެއްބާރުން ބޭނުންވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ ސިލްސިލާކޮށް ކުރިޔަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މ. މެޑަލްމާގެ، އިސްމާޢީލް ނިޔާޒް، ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ދެންނެވީ ކުރީގެ ސަރުކާރުތަކުންވެސް އެތަކެއް ވަޢުދެއްވެ ނުފުއްދިވާއިރު، ރައީސް ޑރ. މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދު ފުއްދޭނެ ކަމުގެ ޔަޤީކަންއޮތް މިންވަރާ ގުޅޭގޮތުންނެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވެވަޑައިގަތީ ފުއްދުމުގެ ނިޔަތުގައި އަދި ފުއްދޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ވެވަޑައިގެންނެވި ވައުދު ކަމަށާއި އެ ވައުދުތައް ފުއްދަންވީ ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ފުރަތަމަ 100 ދުވަހު ނުވަތަ ހަފްތާ-14 ހިމެނޭ ހުރިހާ ވަޢުދެއްހެން ގާތްގަނޑަކަށްހެން ފުއްދިފައިވާ ކަމަށާއި އެގޮތުން 97 އިންސައްތަ ވަޢުދު ފުއްދިފައިވާކަން ރައީސް ހާމަކުރެއްވި އެވެ. ރައީށް ވިދާޅުވީ ވައުދުތައް ފުއްދެވުމަށް ގިނަ ގާނޫނުތަކެއް ހަދަން ބޭނުންވާ ކަމަށާއި އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިންނާއި އުމްރާނީ ތަރައްގީގެ ދާއިރާ ހިމެނޭ ކަމަށެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް މުހިންމު ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް އެބައޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.

ވައުދުތަކުގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ބަޖެޓުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބަޖެޓަކީ ރައްޔިތުން މަޖިލީހުގެ ފުރިހަމަ ބާރު އޮންނަ ކަމެއް ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައިވެސް ދަތިވާގޮތަށް އެތައް ކަމެއް ކުރައްވާފައި ހުރި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ލަފާކޮށް ފާސް ކުރި ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނާފައި ފޮނުވުމުން ބަޖެޓް ފާސްކޮށްފައި އޮތީ އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކުގެ އަދަދުތައް ކުޑަކޮށްލައި، އަނެއް ބައި މަޝްރޫއުތައް އެއްކޮށް އުނިކޮށްލައިފަ އެވެ.

View post on Twitter

ރައީސް ވިދާޅުވި ގޮތުގައި އަލަށް ފަށަން ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ފައިސާ ވެސް ހިމަނާފައި އޮތީ ފަހު ކުއާޓަރުގައި ކިރިޔާ ފެށޭ ގޮތަށް މަދު އަދަދެއްގެ ފައިސާ ހިމަނައިގެންނެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް އަޅުގަނޑަށް މި ދައުރުގައި ފުއްދޭނެ އެހެން ނަމަވެސް، ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން. މަޖިލީހުގެ އެއްބާރުލުން ނުލިބި ރާއްޖޭގައި މިއޮތް ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރުން ކަންކަން ފުރިހަމަ ކަމާ އެކުގައި ކޮށްދެވޭނެ ގޮތެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ އެއްބާރުލުން ވެސް ސަރުކާރަށް ބޭނުން ވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ލިބޭނަމަ، މިހާރު ހުރިކަންކަން ބަދަލުވެ ސަރުކާރު ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑުގައި ކަންކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 100 ޕަސެންޓު ވެވަޑައިގެންނެވި ހުރިހާ ވައުދެއް މަޖިލީހުގެ އެއްބާރުލުމާއި އެކު ފަސް އަހަރުގެ ތެރޭގައި ފުއްދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ