logoEN
cocacola
އީދު ބަންދު ނިމެންދެން މަޖިލިސް ޖަލްސާތައް މެދުކަނޑާލައިފި

އީދު ބަންދު ނިމެންދެން މަޖިލިސް ޖަލްސާތައް މެދުކަނޑާލައިފި

އަލްފާ އަލީ

logo

4/2/2024, 8:11:32 AM

# ރައްޔިތުންގެ މަޖިލިސް

-

އީދު ބަންދަށް މަޖިލިސް ޖަލްސާތައް މެދުކަނޑާލަން ނިންމައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ.

މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައިކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އީދު ބަންދަށް ފަހު މަޖިލިސް ޖަލްސާތައް ފަށާނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ޖަލްސާތައް ފަށާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ