logoEN
cocacola
އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ބާންލީ އިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ބާންލީ އިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި

ހަސަން ޝަމްއޫން

logo

3/30/2024, 5:45:20 PM

# ބާންލީ # ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީ # އިގިރޭސި ޕްރިމިއާ ލީގް

ބާންލީ މެޗަށްފަހު ޗެލްސީގެ ކުޅުންތެރިން ދަނޑުމަތީގައި

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި، މެޗުގެ ބޮޑުބައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ބާންލީ އިން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ގޮސިޔާ

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓުކުރި އިރު، ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ.

ނަމަވެސް އެޓީމު ޑިފެންޑަރު އެކްސެލް ޑިސާސީ ކާމިޔާބުކުރި ލަނޑު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިފައި ވާތީ އެއީ ރަނގަޅު ލަނޑެއް ނޫންކަމަށެވެ.

ޗެލްސީ އިން މެޗު ލީޑު ހޯދީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ކޯލް ޕަލްމާ އެވެ. އަދި މި ޕެނަލްޓީއާއެކު ރެފްރީ ވަނީ ބާންލީގެ ލޮރެންޒް އެސައިންއޮން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

މީިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބާންލީ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަޔަލޭންޑްގެ މިޑްފީލްޑަރު ޖޯޝް ކަލެން އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޯޝް ބްރައުންހިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާންލީގެ ލަނޑަށްފަހު ޗެލްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ ލަނޑެއް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ލަނޑެއްޖެހޭތޯ ޗެލްސީ މުޅި ޓީމު ކުރިއަށްޖެހި ކުރި މަސައްކަތް އެޓީމަށް ކާމިޔާބުކުރެވުނީ ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައެވެ.

މިލަނޑު ދެވަނަ ހާފުގައިި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ކޯލް ޕަލްމާ އެވެ. މިއީ މިސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީ އާއި ގުޅުނު ފަހުން ލީގުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބާންލީން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑަރާ އޯޝޭއި އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއާއެކު ލީގުގައި ކުޅުނު 28 މެޗުން ޗެލްސީއަށް 40 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 30 މެޗުން ބާންލީ އަށް 18 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ