logoEN
cocacola
ރައީސް މުއިއްޒު ސިފައިންނާއި ބައްދަލުކުރައްވައިފި

ރައީސް މުއިއްޒު ސިފައިންނާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

3/28/2024, 10:01:49 AM

# ސިފައިން# ރައީސް މުއިއްޒު

ރައީސް ސިފައިންނާއި ބައްދަލުކުރެއްވުން

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.

ގޮސިޔާ

ސިފައިންގެ އެންމެމަތީ ވެރިޔާ، ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ރޭ ކަޅުތުއްކަލާކޮށީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވަނީ، ސިފައިންގެ ޤައުމީ ޚިދުމަތު މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު އޮނަރަބަލް މުޙައްމަދު ޣައްސާން މަޢުމޫން އާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު ސިފައިންނާ ބައްދަލުކުރެއްވުމަށް ބޭއްވި މިރަސްމިއްޔާތުގެ ލައިވް ކަވަރޭޖު އައްޑަނަ ޓީވީގެ ޒަރީއާއިން އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކަކަށް ވަނީ ލައިވްކޮށް ދައްކާފައެވެ. އަދި އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އައުޓް ފޯސްޓްތަކަށް ވެސް މި ރަސްމިއްޔާތުގެ ލައިވް ކަވަރޭޖް ވަނީ ފޯރުކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ