logoEN
cocacola
ކްރިސްޓިއަން ދީނާ ގުޅޭ ކާޑުތަކެއް ހިޔާފްލެޓްގެ މެއިލްބޮކްސް އަށް އެޅި ޖަރުމަނުވިލާތު ދެ އަންހެނަކު ފުލުހަށް

ކްރިސްޓިއަން ދީނާ ގުޅޭ ކާޑުތަކެއް ހިޔާފްލެޓްގެ މެއިލްބޮކްސް އަށް އެޅި ޖަރުމަނުވިލާތު ދެ އަންހެނަކު ފުލުހަށް

އައިޝަތު އިފާޝާ

logo

3/27/2024, 8:27:22 AM

# ފުލުހުން

ކްރިސްޓިއަން ދީނާއި ގުޅޭ ކާޑުތައް އަޅަމުންދާ މީހުންނާއި އެމީހުން އަޅަމުންދާ ކާޑުތައް

ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސް ތަކަށް ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ބިޒްނަސް ކާޑު އަޅާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގޮސިޔާ

މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ އެ ދެމީހުން މިހާރު ވަނީ ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ކަމަށެވެ.

މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސް ތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ދެމީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެމީހުން ކަމަށާއި, އެ ދެމީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, ހިޔާ ފްލެޓްތަކުގެ މެއިލްބޮކްސް ތަކަށް ދިވެހި ބައިބަލް އަދި ޖީސަސް ގެ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފިލްމުތަކުގެ ލިންކާއި, ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ބިޒްނަސް ކާޑު އަޅަމުން ގެންދަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ އަންހެނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ