logoEN
cocacola
ފޭސް2 ގައި ހިނގި  ޗެކް ޕޯސްޓް އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރަނީ

ފޭސް2 ގައި ހިނގި ޗެކް ޕޯސްޓް އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ކުރަނީ

އަހުމަދު ޝުރާއު

logo

3/26/2024, 5:33:54 PM

# ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތް

ހުޅުމާލެ ފޭސް ދޭއްގައި ރޭ ފުލުހުން ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން، ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް ނިންމައިފި އެވެ.

ގޮސިޔާ

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރޭ ފޭސް 2 ގައި ހިނގި ކަންކަމާއި ގުޅޭ އެތެރޭގެ ތަހުގީގެއް ކުރުމަށް މިހާރު ދިވެހި ފުލުހުންގެ ހިދުމަތުން ނިންމާފައިވާ ކަމަށެވެ.

View post on Twitter

ރޭ ހުޅުމާލޭގައި 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނެ ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވެ ވަނީ އަޑު އުފުލާފަ އެވެ.

މިއާއި އެކު ފުލުހުން މިއަދު ވަނީ ކަންހިނގި ގޮތް ހާމަކޮށްފައި އެވެ. އެގޮތުން ފުލުހުން ބުނީ ރޭ 22:05 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ޤާއިމްކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުން ގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލެއް ވެއްޓިފައިވާ ކަމަށެވެ. ސައިކަލް ދުއްވާފައި ވަނީ ލައިސަންސް ނެތް ފަރާތެއް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތަށް ރޭ ފަރުވާ ދިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

މި މައްސަލާގައި 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައިވާއިރު މި އެކްސިޑެންޓު ހިނގި ގޮތް ފެންނަ ސީސީޓީވީ ފުޓޭޖެއް މިހާރު ވަނީ އާންމުވެފައި އެވެ. އެގޮތުން އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަނީ ފުލުހުންވެސް ހާމަކުރި ގޮތަށް ކަންހިނގި މަންޒަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ