logoEN
cocacola
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

އައިޝަތު އިފާޝާ

logo

3/26/2024, 3:41:30 PM

# ފުލުހުން

ގެއްލިގެން ހޯދަމުންދާ އަކްރަމް ޢަދީލް ސަޢީދު

މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ, މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ