
-
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ރާއްޖެއަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދީފި އެވެ.

މި އެހީ އާއި ގުޅޭ އެއްބަސްވުންތަކުގައި، ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު މޫސާ ޒަމީރު އެވެ. އަދި ޖަޕާން ސަރުކާރުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.
ޖަޕާނުން އެހީ ދޭ ދާއިރާތައް
- ކަސްޓަމްސްއިން ޕެޓްރޯލްކުރުމަށް އުޅަނދު ހަދިޔާކުރުމާއި މެރިޓައިމް ސޭފްޓީއާއި ސެކިއުރިޓީގެ ދާއިރާ ކުރިއެރުވުމަށް 260 މިލިއަން ޔެން ނުވަތަ 1.87 މިލިއަން ޑޮލަރު
- އުޅަނދުތަކަށް ބޭނުންވާ ސާމާނު ގަތުމަށް 56 މިލިއަން ޔެން ނުވަތަ 403ހާސް ޑޮލަރު
- ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމާއި ގުޅޭ މަސައްކަތްކަށް 600 މިލިއަން ޔެން ނުވަތަ 4.32 މިލިއަން ޑޮލަރު
ޖަޕާނަކީ އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ޤައުމެއްކަމަށް ފާހަގަކޮށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ, މިއަދު ހަމަޖެހުނު އެހީގެތެރެއިން ކާރިސާތަކަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި ފާއިތުވި 56 އަހަރުތެރޭގައި ޖަޕާނުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މިރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މިއެހީގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހާއްސަ އުޅަނދެއް ހަދިޔާކުރުން ހިމެނޭ ކަމަށެވެ. އަދި މި އެހީގެ ދަށުން މި އުޅަނދަށް ބޭނުންވާ ހާއްސަ އާލަތްތައްވެސް މި އެހީގެ ދަށުން ހޯދަދޭނެ ކަމަށް ވިދާޅުވި އެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާލީ ވުޒާރާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ޤީލާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގްގެ ގްރޭންޑް ޑިޔުކް އަށް އަރުވައިފި

ޖަޕާނުގެ ޖޭޑީއެސްގެ ދަށުން ރާއްޖެއަށް މިއަހަރު 1.3 މިލިއަން ޑޮލަރުގެ ހަ ސްކޮލަޝިޕް!

މީހުން ބިނާކުރުމުގައި ސިންގަޕޫރުން ދެއްވާ އެހީތެރިކަމަށް މިނިސްޓަރ ހަލީލްގެ ޝުކުރު!
