
އޮސްޓްރޭލިއާގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަފީރު، މިނިސްޓަރ ޒަމީރުއާއި ބައްދަލުކުރައްވައިފި
# ފޮރިން މިނިސްޓަރމިނިސްޓަރ ޒަމީރު
އޮސްޓްރޭލިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް އޮސްޓްރޭލިއާގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަފީރު ކްރިސްޓިން ޓިލީ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރާއި ސަފީރު ޓިލީ ވަނީ ރާއްޖެ ފަދަ ކްލައިމެޓް ވަލްނަރަބަލް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އޮސްޓްރޭލިއާ ފަދަ އެއްވިސްނުމުގެ ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސިޔާސަތުތަކުގެ ތެރޭގައި 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމަށް ރާވާފައިވާ މަޝްރޫއުގެ މަޢުލޫމާތު އެކަމަނާއާއި ޙިއްޞާކުރައްވާފައެވެ.
އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތައް މެދުވެރިކޮށް ކްލައިމެޓް ފައިނޭންސިން ހޯދުމުގައި ސިޑްސްއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ގުޅިގެން ޙައްލުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ.ހާލާ ހަމީދާއި، ސެކްރެޓަރީ، މަލްޓިލޭޓަރަލް އަޙްމަދު ޝިޔާން، ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އަދި ޑެސްކް އޮފިސަރ ސައިފުއްލާ ވަލީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި
-1752086648962.webp&w=3840&q=75)
ރާއްޖެއާއި ޑޮމިނިކާއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުމެއް!

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޚާރިޖީ ވަޒީރު ޚަލީލް، ކުވޭތުގެ ވަގުތީ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
.webp&w=3840&q=75)