
ކ މާފުށިން އަލަށް ހިއްކި ބިން - ފޮޓޯ: އެމްޓީސީސީ
ކ. މާފުށިީގެ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް އެރަށު ދެކުނު ފަރާތުން ހިއްކާފައިވާ ސަރަހައްދުން ގޯތި ވިއްކުމަށް ހުޅުވާލައިފިއެވެ.

މާފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ރަށުގެ އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ގޯތި ވިއްކަން ބޭނުންވާ ކަމަށެވެ. ވިއްކަން ހުޅުވައިލި ގޯތީގެ ސައިޒުތައް އުޅެނީ 1،961.42 އާއި 1،961.48 އަކަފޫޓާ ދެމެދުގަ އެވެ.
މާފުށީ ކައުންސިލުގެ ބިޑު ޑޮކިޔުމަންޓުގައިވާ ގޮތުން، މާފުށިން ވިއްކާ މި ހަ ގޯތީގެ ބީލަމުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2،000ރ. އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ބިން ވިއްކާ އެންމެ ބޮޑު އަގެވެ.
ބީލަމުގައި ބައިވެރިވުމަށް ބިޑު ފޮތެއްގެ އަގު 30،000ރ. ގައި އުޅޭއިރު، ބިޑް ސެކިޔުރިޓީގެ ގޮތުގައި 100،000ރ. ބަހައްޓަންޖެހެ އެވެ. ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން 50،000ރ. ގެ އެޑްވާންސެއް ދައްކަންޖެހޭ އިރު، ބިޑު ކާމިޔާބުކުރާ ޖުމްލަ އަގު 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ދައްކާ ހަލާސްކުރަންޖެހެ އެވެ.
ބިޑު ފޮތް ގަތުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޭޕްރީލް 24 ގެ ނިޔަލަށް ހުޅުވާލެވޭ އިރު، ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހަށެވެ.
ގުޅުންހުރި

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވައިފި

މާފުށީ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފި

ކ.މާފުށީގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފަށައިފި

.gif&w=3840&q=75)



