logoEN
cocacola
މެކްލަރެންގެ މިލްކުވެރިކަން ބަހްރެއިންގެ ސޮވަރިން ވެލްތް ފަންޑަށް!

މެކްލަރެންގެ މިލްކުވެރިކަން ބަހްރެއިންގެ ސޮވަރިން ވެލްތް ފަންޑަށް!

އަހުމަދު ޝުރާއު

logo

3/22/2024, 6:08:59 PM

# ބަހްރައިން

މެކްލަރެން

ބަހްރެއިންގެ ސޮވަރިން ވެލްތް ފަންޑުން މަތީ ފަންތީގެ ސްޕޯޓްސްކާރތައް އުފައްދާ މެކްލަރެން ގްރޫޕުގެ ފުރިހަމަ މިލްކުވެރިކަން ހޯދައިފި އެވެ.

ގޮސިޔާ

ބަހްރެއިންގެ ސޮވަރިން ވެލްތް ފަންޑު ކަމަށްވާ މުމްތަލަކަތަކީ ފުރިހަމަ މިލްކުވެރިކުވެރިކަން ހޯދުމުގެ ކުރިން މެކްލަރެންގެ އެންމެ ބޮޑު ހިއްސާދާރެވެ.

މުމްތަލަކަތުން މެކްލަރެންގެ ވިލްކުވެރިކަން ހޯދާފައިމިވަނީ ބޮޑެތި ގެއްލުންތައް ލިބެމުން އައި އިނގިރޭސި ކުންފުންޏަށް ނިސްބަތްވާ ބްރޭންޑަށް މާލީ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ.

ރިޕޯޓުތައް ބުނާގޮތުގައިމުމްތަލަކަތުގެ މިލްކުވެރިކަމުގައި އިލެކްޓްރިކް ވެހިކަލް ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން މިހާރު ދަނީ އެހެން ވިޔަފާރިތަކާ އެކު ޓެކްނިކަލް ޕާޓްނާޝިޕްތަކެއް ހެދުމަށް މަޝްވަރާތައް ކުރަމުންނެވެ.

މުމްތަލަކަތުން މެކްލަރެން ގްރޫޕްގެ ހިއްސާ ފުރަތަމަ ގަތީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހަރު އެކުންފުނިން ގަތީ މެކްލަރެން ގްރޫޕުގެ 30 ޕަސެންޓް ހިއްސާއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ހިއްސާ 60 އިންސައްތައަށް އިތުރުވެ އެތައް ސަތޭކަ މިލިއަން ޕައުންޑްގެ އެހީ މުމްތަލަކަތުން ވަނީ މެކްލަރެންގެ ވިޔަފާރީގެ ތެރެއަށް އިންޖެކްޓް ކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ