
ސައުދީއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު
ސައުދި އަރަބިއާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ސައުދީގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ފަސް ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ތަކެއްޗާއި ހަވާލުވުމަށް މިއަދު ވަކި ވަކިން ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެ އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އެގައުމުގެ ސަރުކާރާއި އިސްލާމިކް މިނިސްޓްރީއިން ހަދިޔާކުރި ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ސައުދީ ސަރުކާރުން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މިއަދު ހަދިޔާކުރި ކަދުރު ބެހުމުގެ ކަންތައްތައް ސަރުކާރުން ވަރަށް އަވަހަށް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.
ގުޅުންހުރި

ކެޑާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާނީ ޑެޕިއުޓީ މިނިސްޓަރު ޝައިޚް އިމްޠިޠާޢު އައްބާސް!

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ކާމިޔާބު ކަމާއެކު ނިންމާލައިފި

މަތީ ތަޢުލީމު ޙާސިލް ކުރުމަށްދޭ ޒަކާތު ސްކޮލަރޝިޕް މިފަހަރު 24 ފަރާތަކަށް!
.jpg&w=3840&q=75)