
އައްޑޫ ސިޓީ ހުޅުދޫގައި އަމިއްލަ ފަރާތަކުން މިސްކިތެއް ބިނާކުރުމަށް އެއްބަސްވެއްޖެ
# އައްޑޫ ސިޓީ ކައުންސިލް# އިސްލާމިކް މިނިސްޓްރީ-
އައްޑޫ ސިޓީ ހުޅުދޫގައި އަމިއްލަ ފަރާތަކުން މިސްކިތެއް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ މުޙައްމަދު ސާލިޙްއާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމަކީ މި އެއްބަސްވުމަކީ އައްޑޫ ސިޓީ، ހުޅޫދޫ މޫންލައިޓް އެވެ ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ވަގުފް އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިސްލާމިކް ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު، ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަން ބޭނުން ނަމަ ބިން ހަމަޖައްސައި ދިނުނާއި އެނޫން އިދާރީ ފަސޭހަތައް ހަމަޖައްސައިދޭނެ ކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ވަނީ ވިދާޅުފައެވެ.
ގުޅުންހުރި

ނަމާދު މަތިވެރިކުރުން ޕްރޮގުރާމް: އަހަރުގެ މިހާތަނަށް 170 ސެޝަން!

މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމަށް ރާއްޖެއިން އެދެފި

މަސްޖިދުއްނަބަވީގެ އިމާމު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފި
