logoEN
cocacola
119ކިލޯ ޑްރަގް މައްސަލަ: 3 މީހުންގެ ތެރެއިން ކުށް ސާބިތުވީ އެކަކަށް!

119ކިލޯ ޑްރަގް މައްސަލަ: 3 މީހުންގެ ތެރެއިން ކުށް ސާބިތުވީ އެކަކަށް!

އަލްފާ އަލީ

logo

3/21/2024, 10:00:00 AM

# ކްރިމިނަލް ކޯޓު# މަސްތުވާތަކެތި# ފުލުހުން

ކްރިމިނަލް ކޯޓު ---

2021 ވަނަ އަހަރު ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ސަލާމަތްވެ އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

ގޮސިޔާ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މި މައްސަލައިގެ ހުކުމް އިއްޔެކޮށްފައިވާއިރު، ދައުވާ ލިބޭ މީހުންގެ ތެރެއިން ކުށް ސާބިތުވަނީ އަލީ ޒުބައިރުގެ މައްޗަށް އެކަނި ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ހުކުމުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ ގާނޫނުގެ 105 ވަނަ މާއްދާ އާއި 137 ވަނަ، 146 ވަނަ، އަދި 105 ވަނަ މާއްދާގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަލީ ޒުބައިރުގެ މައްޗަށް ސާބިތުވާ ކަމަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ބޭނުންވާވަރަށް ހެކި ލިބިފައިވާ ކަމަށްބުނެފައިވެއެވެ.

މި މައްސަލައިގައި އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ. އަދި އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ