
ވިޔަފާރިވެރިންގެ މިސްކިތް
މާލޭގެ ދެ މިސްކިތެއްގައި އަންހެނުން ވުޟޫކުރާ ބަޔަށް ގެއްލުންދީފި އެވެ.

މިކަން ހާމަކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ. އެގޮތުން މޭޔަރު ވިދާޅުވީ މާލޭގެ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާަނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަށް ބަޔަކު ހަލާކުކޮށްލާފައިވާ ކަމަށެވެ.
މިއާއި އެކު ބަންޑާރަ މިސްކިތުގެ ފާހަނާތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އިސްކުރު މަރާމާތުކުރުން މިރޭ ކުރިއަށް ގެންދާނެ ކަންވެސް މޭޔަރު ވަނީ ހާމަކުރައްވާފައި އެވެ.
މޭޔަރު ވަނީ މިފަދަ ނާތަހުޒީބު އަމަލްތަށް ހުއްޓުވުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައި އެވެ.
ގުޅުންހުރި

ގަލޮޅުގައި ތަރައްޤީ ކުރާ ޕާކިން ޒޯނާއި މައިޒާނުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭގެ ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

ވިލިމާލޭގައި "ވެލްކަމް ޕާކް" ގެ ނަމުގައި ޕާކެއް ތަރައްޤީކުރަނީ
