
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ ---ފޮޓޯ| އަހުމަދު ޝުރާއު/ ގާފު
ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ،

މާރިޗު 14 ވަނަ ދުވަހު، ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން ހޮވައިގެން ގެނެސްފައިވާ 10،000 ރުފިޔާ (އިންސިޑެންޓް ނަންބަރު 591082) ގެ ވެރިފަރާތް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި ފައިސާތަކުގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށްފަހު ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
އޭގެ އިތުރުން މާރިޗު 16 ވަނަ ދުވަހު މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ 700 ރުފިޔާ (އިންސިޑެންޓް ނަންބަރު 591291) ގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
މި ފައިސާތަކުގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.