logoEN
cocacola
އެކްސިޑެންޓްވުމުން ސީން ދޫކޮށް ދިޔަ ބަޔަކު ހޯދަނީ

އެކްސިޑެންޓްވުމުން ސީން ދޫކޮށް ދިޔަ ބަޔަކު ހޯދަނީ

އަލްފާ އަލީ

logo

3/12/2024, 8:45:00 AM

# އެކްސިޑެންޓް# ފުލުހުން

--

އެކްސިޑެންޓްވުމުން ސީން ދޫކޮށް ދިޔަ ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ގޮސިޔާ

ވީޑިއޯއެއް އާއްމުކޮށް ފުލުހުން ވިދާޅުވީ، ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށެވެ.

Watch on YouTube

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ފުލުހުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިފަދަ މީހުން ހޯދުމަށް ފުލުހުން އަބަދުވެސް އާއްމުންގެ އެހީ ހޯދައެވެ. މިފަދަ ކަންކަމުގައި އާއްމުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލެއްވުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ