logoEN
cocacola
ޓާގެޓަކީ މާލެ ސަރަހައްދުގައި އެއްކޮށްފައިވާ ކުނިތައް މާދަމާގެ ނިޔަލަށް ނަގައި ނިންމާލުން - ވެމްކޯ

ޓާގެޓަކީ މާލެ ސަރަހައްދުގައި އެއްކޮށްފައިވާ ކުނިތައް މާދަމާގެ ނިޔަލަށް ނަގައި ނިންމާލުން - ވެމްކޯ

# ވެމްކޯ

ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް އަދި ބައެއް އިސްވެރިން މާލޭގެ މަގުމަތީގައި ކުނި ނެގުމުގެ މަސައްކަތް ގާތުން ބައްލަވާލައްވަނީ -ފޮޓޯ: ވެމްކޯ

ރޯދަމަހާ ދިމާކޮށް މާލެ ސަރަހައްދުގެ މަގުތަކަށް ނެރެފައިވާ ކުނިތައް މާދަމާގެ ނިޔަލަށް އެއްކޮށް ނަގައި ނިންމުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް, ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޖުތަބާ ޖަލީލް ވިދާޅުވެއެވެ.

ގޮސިޔާ

ގާފު އަށް މައުލޫމާތު ދެއްވަމުން މުޖުތަބާ ޖަލީލް ވިދާޅުވީ, މާލޭގައި 40 ވަރަކަށް ސަރަހައްދުގައި އެއްކޮށްފައިވާ ކުނިތައް ނެގުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްއާއި ވެމްކޯއާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ކުރަމުންގެންދާއިރު, ކުނި ނެގުމުގެ މަސައްކަތް ކުރަމުންގެންދަނީ ދެ ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.

އަދި މި މަސައްކަތުގައި ވެމްކޯގެ އިސްވެރިންވެސް މަގުމައްޗަށް ނުކުމެ މަސައްކަތް ކުރިއަށްދާގޮތް ގާތުން ބަަލަމުންދާ ކަމަށާއި, މި މަސައްކަތަކީ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަމަކަށްވުމުން ވީހާވެސް އަވަހަކަށް މަގުމަތީގައި ހުރި ކުނިތައް ނަގައި އެއްކޮށް ސާފުކުރުމަކީ ވެމްކޯއިން މިހާރު އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

undefinedވެމްކޯގެ އިސްވެރިން މަގުމަތީގައި ކުނި ނަގާ ސާފުކުރާ މަންޒަފު ގާތުން ބައްލަވާލައްވަނީ - ފޮޓޯ: ވެމްކޯ

އަދި މަގުމައްޗަށް ކުނި އެއްކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ޕިކަޕަކަށް ލާފައި ޓްރާންސްފާ ސްޓޭޝަން ތަކަށް ފޮނުވާ ކުނިތަކުން އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ހިލޭ އުކާލެވޭ ކުނީގެ ތެރޭގައި ހިމެނެނީ ބޮޑެތި ކުނި އަދި ގެ ސާފުކުރުމުގައި އުފައްދާ ކުނި ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ތެތްކުނި (ކާބޯތަކެތި, ފަނާވާޒާތުގެ ކުނި) އަސދި އިމާރާތްކުރުމާއި އިމާރާތް ތަޅާލުމުގައި އުފައްދާ ކުނި ނުހިމެނޭ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.

ވެމްކޯގެ އެމްޑީ ވިދާޅުވީ, މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ޓްރާންސްފަރ ސްޓޭޝަންތަކުން އާއްމު ރައްޔިތުންނަށް ހިލޭ ކުނި އުކާލުމުގެ ފުރުސަތު ހަމަޖައްސާފައިވީ ނަމަވެސް 13 މާރިޗު ވަނަ ދުވަހުގެ 23:59 ގައި ހަމަވުމުގެ ފަހުން ގެންދާ ކުނިން ކުރިއެކޭވެސް އެއްގޮތަށް ގޭޓް ފީ އަދި ބަރުދަން ބެލުމަށްފަހު ނަގަމުންދިޔަ ފީ ނަގަން ފަށާނެ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓްތަކުގައިވެސް ގިނަވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯގެ މުވައްޒަފުން ކުރަމުންގެންދާ ކަމަށާއި, އެތަނުގައި ގާއިމުކޮށްފައިވާ ކަލެކްޝަންސް ސައިޓްތަކުގައި ހިފާގެންގުޅެވޭ ފަދަ ކުނިތައް ބެހެއްޓުމުން ވެމްކޯއިން އެކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އާންމުންނަށް އުނދަގޫވާގޮތަށް ކުނި ނެރެފައި ބަހައްޓަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މުޖުތަބާ އިލްތިމާސްކުރެއްވިއެވެ. އަދި އެގޮތަށް ކުނި ނެރެފައި ބެހެއްޓުމަކީ ސިއްޙީ ގޮތުންވެސް ގެއްލުންތަކެއް އާންމުންނަށް ލިބިގެންދާނެ ކަމެއް ކަމަށައި, އެގޮތަށް ކުނި ނެރެފައި ބެހެއްޓުމުގެ ބަދަލުގައި ހުޅުމާލޭގެ ޓްރާންސްފާ ސްޓޭޝަންއަށް ޕިކަޕަކަ ކުނި އެރުވުމަށްފަހު ފޮނުވުމުން އިތުރު ފީއަކާ ނުލާ ކުނި ނަގާނެ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

undefinedވެމްކޯގެ މުވައްޒަފުން މާލޭގެ މަގުތަކުގައި ޖަމާކޮށްފައި ހުރި ކުނިތައް ނަގަނީ

މިކަމުގައި އެންމެ މުހިންމީ ފަރުދީ ޒިންމާ އަދާކުރުން. މުޖުތަމައުގެ ސާފުތާހިރުކަމާއި އާންމު ރައްޔިތުންގެ ސަލާމަތަށް އެއްވެސް ބަޔަކަށް އުނދަގޫ ނުވާ ގޮތަށް މިކަން ކުރަންވީ. ވެމްކޯއިން ވާނީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ކުނި ނެގުމުގެ ކަންތައް ރާވާފައި. މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމުން އެކަމުގެ ސަބަބުން މަގުމަތީގައި މީހުންނަށް އުޅުމަށް ދަތިތަކެއް ކުރިމަތިވޭ. ހާއްސަކޮށް ސްކޫލްތަކަށް ދާ ކުޑަކުދިންނަށް. ރައްޔިތުންގެ ޒިންމާއަކަށް ވާންވީ ވީހާވެސް ބޮޑަށް އެކަންކަމަށް ފަރުވާތެރިކަން ބަހައްޓައިގެން އިދާރާތަކުން ދެއްވާ އިރުޝާދުތަކާއެއްގޮތަށް އަމަލުކުރުން. އޭރުން މިކަން ހައްލުކުރުމަށް ފަސޭހަވާނެ - ގާފުއަށް ދެއްވި ބަސްދީގަތުމުގައި ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވިއެވެ.

އެގޮތުން ރޯދަމަހު ކުނިވާ ޒާތުގެ ކުނި ގިނަވާނެ ކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ, ރޯދަމަހު ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގެ މަސައްކަތް ކުރާނީ 21:00 ގެ ފަހުން ކަމަށް ވެފައި ކުނި ނެގުމުގައި ގިނައިރުތަކެއް ހޭދަކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މަގުމައްޗަށް ކުނި ނެރެފައި ބެހެއްޓުމުގެ ބަދަލުގައި ވެމްކޯގެ މުވައްޒަފުންނަށް ގޭގެއަށް ވަދެ ކުނި ނެގޭނެ އިންތިޒާމް ގޭބިސީތަކުން ހަމަޖައްސައިފި ނަމަ އާންމުންނަށް އުނދަގޫ ނުވާގޮތަށް ފަސޭހަކަމާއެކު އެކަން ކުރެވޭނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ