logoEN
cocacola
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދު ޝުރާއު

logo

3/10/2024, 4:30:18 PM

# އޮޑިޓަރ ޖެނެރަލްސް އޮފީސް

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ އެޅުން

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ އޮޑިޓާރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ގޮސިޔާ

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އިންފްރާސްޓްރަކްޗަ މިނިސްޓަރ ޑރ އަބްދުالله މުއްތަލިބު އާއި އޮޑިޓަ ޖެނެރަލް އެވެ

މި އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގައި އެވެ.

ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ އެވެ.

މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ. މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ