logoEN
cocacola
ހުޅުމާލެ ފޭސް 2ގައި ބިނާކުރާ ދާއިމީ މިސްކިތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ ދާއިމީ މިސްކިތް ރަސްމީކޮށް ހުޅުވައިފި

އަލްފާ އަލީ

logo

3/8/2024, 8:38:19 AM

# ދާއިމީ މިސްކިތް# އިސްލާމިކް މިނިސްޓްރީ# ހުޅުމާލެ ފޭސް 2

މަސްޖިދުލް ހަސަން އާދަމް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން ---

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ ދާއިމީ މިސްކިތް "މަސްޖިދް ހަސަން އާދަމް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

ގޮސިޔާ

މިއަދުގެ ހުކުރު ނަމާދަށް މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މި މިސްކިތް ހުޅުވުމަށްފަހު މި މިސްކިތުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ، މިނިސްޓަރ ސްޓޭޓް ފޮ އިސްލާމިކް އެފެއާޒް އަލްއުސްތާޛް ސައުދާން އަބްދުﷲ އެވެ.

މިމިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހު ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

undefined

މި މިސްކިތް ތަރައްޤީކޮށްފައިވަނީ ފޭސް 2 ގެ ނިރޮޅި މަގުގައި އެވެ. މި މިސްކިތް ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެންވަރަށް ރީތި ޗާލު ޑިޒައިނެއްގައި އެވެ. އެގޮތުން މިސްކިތުގެ އިންޓީރިއާ އަދި އެކްސްޓީރިއާވެސް ފަރުމާކޮށްފައިވަނީ ފެއްސާއި ނޫ ކުލައިންނެވެ. އަދި މި މިސްކިތުގެ އެތެރެ ވަނީ އެއްކޮށް އޭސީ ކޮށްފައެވެ.

undefined

އަމިއްލަ ފަރާތަކުން ތަރައްޤީކުރި މި މިސްކިތަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުންދާ 5 މިސްކިތުގެ ތެރެއިން މިސްކިތެކެވެ.

މި މިސްކިތަކީ 1،500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުންވެސް އިތުރު 4 މިސްކިތެއްވެސް ފޭސް 2 ގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އެއީ 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ