logoEN
cocacola
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

3/7/2024, 2:05:29 PM

# އެކްސިޑެންޓް# ދިވެހި ފުލުހުންގެ ޙިދުމަތް

ހުޅުމާލެ

ޕާކު ކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހިގެން ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެއެވެ.

ގޮސިޔާ

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފް ނަމަކަށް ކިޔާ ޒުވާނެކެވެ.

ލަޔާން ނިޔާވެފައިވަނީ އެކްސިޑެންަޓުގައި ލިބުނު އަނިޔާތަކަން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި އެވެ. އެގޮތުން ނިޔާވި އިރު ހާލު ސީރިއަސް ވުމުގެ ސަބަބުން ފަރުވާ ދެމުން ދިޔައީ އެހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި އެވެ.

ލަޔާން އެކްސިޑެންޓު ވެފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި އެވެ. އެގޮތުން ލަޔާން އެކްސިޑެންޓް ވެފައި އޮތްވާ ފެނުނީ ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ތަކަކަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައި އޮއްވައި ފުލުހުންނަށް ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ދުއްވި ސައިކަލު ވެސް ފުނޑުފުނޑު ވެފައި އޮތްއިރު ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ