
ރައީސް މުއިއްޒު
ކުޑަހުވަދޫއަކީވެސް ރާއްޖޭގައި ޤާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އަދި އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރެވިގެންދާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ހިމެނޭ ސަރަހައްދުތަކުން މާލެސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ތަރައްޤީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކުޑަހުވަދޫއަކީވެސް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރާއިރު ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމުގައެވެ.
އެގޮތުން ބަނދަރުވެސް ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްޤީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްޤީކުރުމާއި ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ފެންވަރު މަތިކުރުމާއި ހޮސްޕިޓަލުގެ އާއިމާރާތެއް އެޅުމާއި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމާއި އަދި އެނޫންވެސް އާބަންސެންޓަރެއްގައި ހުންނަންޖެހޭ ހުރިހާކަމެއް ގާއިމުކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި

ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅަނީ

އަންނަ މަސް ނިމުމުގެ ކުރިން ބ އަތޮޅުގަައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ - ރައީސް

ދުޅަހެޔޮ، ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ - ރައީސް
