
ބީޗް ސޮކާ ވޯލްޑްކަޕް ފައިނަލުގައި އިޓަލީ ބަލިކޮށް ބްރެޒިލް ޗެންޕިއަންކަން ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# އިޓަލީ # ބްރެޒިލް # ބީޗު ސޮކާ ވޯލްޑްކަޕް 2024ބްރެޒިލް އާއި އިޓަލީ ވާދަކުރި މެޗުގެ ތެރެއިިން
ދުބާއީގައި މިހާރު ކުރިއަށްދާ ބީޗު ސޮކާ ވޯލްޑްކަޕް 2024 ގެ ފައިނަލުގައި އާދީއްތަ ދުވަހުގެ ރޭ، ބްރެޒިލް އާއި އިޓަލީ ވާދަކުރި މެޗު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބްރެޒިލް މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.

ބުރެޒިލް މުބާރާތްގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން އީރާން ބަލިކުރުމަށްފަހު އެވެ. އަދި އިޓަލީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 3-4 ގެ ނަތީޖާއަކުން ބެލަރޫސް ބަލިކުރުމަށްފަހު އެވެ.
ފެބުރުއަރީ 15-25 އަށް ދުބާއީގައި ކުރިއަށް މިމުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރި އިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް ކުއާޓާގެ ފުރުސަތު ލިބޭ ގޮތަށެވެ.
ބީޗް ސޮކާ ވޯލްޑްކަޕްގައި ކޮންމެ މެޗެއްގައި 10 މިނެޓުގެ ތިން ހާފު އުޅޭއިރު، ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި ވެސް ދެޓީމު އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުގެ އެއްހާފު ކުޅެ، ނަތީޖާއެއް ނުނެރެވިއްޖެ ނަމަ ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމެއް ކަނޑައަޅާނީ އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލްގެ ރޮޑްރީގޯ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، އެޓީމުގެ ބްރޫނޯ ޒޭވިއާ އަދި ބްރެންޑޯ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ އިޓަލީގެ ޖެނޯވަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މީގެ އިތުރުން މިމެޗުގައި އިޓަލީގެ ފަޒީނީ އަދި ޖެނޯވަލީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




