![ރާއިފްގެ ދެލަނޑާއެކު ދަނޑިމަގު ބަލިކޮށް، ހިތަދޫ އިން ޒޯން 7 ގެ ޗެންޕިއަންކަން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2FIMG_20240225_024508.jpg&w=3840&q=75)
ރާއިފްގެ ދެލަނޑާއެކު ދަނޑިމަގު ބަލިކޮށް، ހިތަދޫ އިން ޒޯން 7 ގެ ޗެންޕިއަންކަން ހޯދައިފި
# ދިވެހި ކުޅިވަރު # ސ.ހިތަދޫ# ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ހިތަދޫ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ.. ފޮޓޯ: އަދަދު ސްޕޯޓްސް
"ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން 7 ފައިނަލުގައި މިރޭ ރޭ ސ. ހިތަދޫ އާއި ޏ. ދަނޑިމަގު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ހިތަދޫ އިން ޒޯން 7 ޗެންޕިއަންކަން ހޯދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ދަނޑިމަގު މުބާރާތްގެ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ހިތަދޫ ފައިނަލުގެ ޖާގައެއް ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މީގެ އިތުރުން މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު ކާމިޔާބުކޮށްފައި ވަނީ ދަނޑިމަގުން ނެވެ.
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން ފުރަތަަމަ މިނެޓުގައި ދަނޑިމަގުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ސާދު ނިޒާރު އެވެ.
މިއީ ހިތަދޫގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކަމިޔާބުކުރި ލަނޑެކެވެ. ދަނޑިމަގު ގެ ލަނޑަށްފަހު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ދަނޑިމަގު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ހިތަދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މުހައްމަދު ސަބާހު މަސްރޫރް އެވެ.
ހިތަދޫ ޓީމުން މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ. މިއީ ދަނޑިމަގު ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ހަސަން ރާއިފް އަހުމަދު އެވެ.
މިއީ އެޓީމުގެ ހާފު ތެރެއިިން ހޯދި ބޯޅައެއް ހިފައިގެން ކުރިއަށް އަރައި ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ދަނޑިމަގުގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ރާއިފް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ހިތަދޫ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ހިތަދޫ ޓީމުގެ ހަސަން ރާއިފް އަހުމަދު އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ ދަނޑިމަގު ޓީމުގެ އަލީ ޝަމާލް އަބްދުﷲ އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިތަދޫ ޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ އެވެ.
ގުޅުންހުރި
![ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000014125.jpg&w=3840&q=75)
ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި
![އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013940.jpg&w=3840&q=75)
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
![އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013762.jpg&w=3840&q=75)
އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
![50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013737.jpg&w=3840&q=75)