![މެސީގެ ދެލަނޑާއެކު ކެނދިކުޅުދޫ ބަލިކޮށް ދުވާފަރުން ޒޯން ޗެމްޕިއަންކަން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2FIMG_20240225_024408.jpg&w=3840&q=75)
މެސީގެ ދެލަނޑާއެކު ކެނދިކުޅުދޫ ބަލިކޮށް ދުވާފަރުން ޒޯން ޗެމްޕިއަންކަން ހޯދައިފި
# ނ.ކެނދިކުޅުދޫ# ރ.ދުވާފަރު# ދިވެހި ކުޅިވަރު # ގޯލްޑަން ފުޓްސަލް ޗެލެންޖު 2024ދުވާފަރުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ.. ފޮޓޯ: އަދަދު ސްޕޯޓްސް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ޒޯން ދޭއްގެ ފައިނަލުގައި މިރޭ ރޭ ރ. ދުވާފަރާއި އާއި ނ. ކެނދިކުޅުދޫ ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދުވާފަރުން ޒޯން ދޭއްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ކެނދިކުޅުދޫ މުބާރާތްގެ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދުވާފަރު ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ދުވާފަރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް އީސާ (މެސީ) އެވެ.
މިއީ ކެނދިކުޅުދޫ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދުވާފަރު ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް އިލްޔަސައު އެވެ.
ނަމަވެސް ޖެހިގެން އައި މިނެޓުގައި ކެނދިކުޅުދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އައްޒާމް އެވެ. މިއީ އެޓީމުގެ އިބްރާހިމް އަލީމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދުވާފަރުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ދުވާފަރުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައި އިސްމާއިލް އީސާ (މެސީ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު އިޝާމް އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ދުވާފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އިސްމާއިލް އީސާ (މެސީ) އެވެ.
މުބާރަތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ މަގާމް ހޯދީ ކެނދިކުޅުދޫގެ މުހައްމަދު އައްޒާމް އަށެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދުވާފަރު ޓީމުގެ މުހައްމަދު އިޝާމް އެވެ.
ގުޅުންހުރި
![ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000014125.jpg&w=3840&q=75)
ލަންކާ މުބާރާތުގައި މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފި
![އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013940.jpg&w=3840&q=75)
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ އެންމެންގެ ޑްރެގް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
![އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013762.jpg&w=3840&q=75)
އޮލިމްޕިކްސްގައި މިފަހަރު ދިވެހި ދިދަ އުފުލުމުގެ ޝަރަފް ދީމާ އާއި އިބާދުﷲ އަށް
![50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F1000013737.jpg&w=3840&q=75)