logoEN
cocacola
މަހުގެ ބާވަތްތައް ވިއްކަން ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

މަހުގެ ބާވަތްތައް ވިއްކަން ހާއްސަ ޕޯޓަލްއެއް ތައާރަފްކޮށްފި

އަހުމަދު ޝުރާއު

logo

2/23/2024, 3:45:03 PM

# ބީސީސީ# މަހަ ޕޯޓަލް

މަހަ ޕޯޓަލް އިފްތިތާހްކުރުން

މަސްވެރިކަމުގެ ދާއިރާ އަށް ހާއްސަކޮށްގެން "މަހަ ޕޯޓަލް" ގެ ނަމުގައި މަހުގެ ބާވަތްތައް ވިއްކަން ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި އެވެ.

ގޮސިޔާ

މިއީ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ލޯންޗްކުރި ޕްލެޓްފޯމެކެވެ. މި ޕޯޓަލް އިފްތިތާހުކޮށް ދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީނެވެ.

ބީސީސީއިން ބުނާ ގޮތުގައި "މަހަ" ޕޯޓަލް ގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށް ދިނުމެވެ.

އެ ޕޯޓަލް އިފްތިތާހުކުރުމުމުގެ ހަފުލާގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރު ވިދާޅުވީ "މަހަ" ޕޯޓަލް ގެ ސަބަބުން މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ މީހުން ކޮންމެ ތާކު ތިބެގެން ވެސް ތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގުފަހިވެގެން ދާނެ ކަމަށެވެ.

"މަހަ ޕޯޓަލް" ގައި ރަޖިސްޓަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. އެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކައި ގަނެވޭ ގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ