logoEN
cocacola
ބީއެމްއެލުން ގުޅި އަދި ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ބީއެމްއެލުން ގުޅި އަދި ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

2/22/2024, 8:40:27 AM

# ބީއެމްއެލް

ގުޅި އަދި ކެޔޮދޫގައި އޭޓީއެމްގެ ހިދުމަތް ފެށުން

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުޅި އަދި ވ. ކެޔޮދޫގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރު ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.

ގޮސިޔާ

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

ގުޅީގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިންގ ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 5 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ހިދުމަތް ދެމުންނެވެ. ވ. އަތޮޅަށް ބަލާއިރު ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، 2 ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ