
-
ދިވެހި ރެޑް ކްރެސެންޓުގެ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ބޭންކް އޮފް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.

މި އިނިޝިއޭޓިވް އަށް ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކަށް އިތުރު އެހީތެރިކަން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެއެވެ.
ބޭންކުގެ އާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލް އިން އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.
ގުޅުންހުރި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންގެ މަޤާމަށް ބީއެމްއެލްގެ ސީއީއޯ

ސަފާރީ އުޅަނދަށް ހާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ބީއެމްއެލް އިން ތައާރަފުކޮށްފި

މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް




