ހަމައެކަނި އެެއާޕޯޓެއް ނޫން, އިންގިލާބީ އެތައް މަޝްރޫއުތަކެއް އެއް އިންވެސްޓްމެންޓަކުން!
އަހުމަދު ޝުރާއު
2/20/2024, 5:16:16 PM
ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުންތަކެއް
ދުނިޔޭގައި އެންމެ ގިނަ ރަށްތަކެެއް އެއް އަތޮޅަކަށް ނިސްބަތްވާ އެއް އަތޮޅު ކަމަށްވާ ހުވަދު އަތޮޅަށް މިރެއަކީ ވަރަށްވެސް ތާރީހީ ރެއެކެވެ. މުޅި ހުވަދޫ އެކަމަކަށް އިންތިޒާރުކުރަމުން އައި ބައިނަލަގްވާމީ އެއާޕޯޓުގެ ހުވަފެެން ހަގީގަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅު މިރޭ ސަރުކާރުން ވަނީ އަޅާފައި އެވެެ. އެއީ ހުވަދު އަތޮޅުގެ މައި ރަށްކަމަށްވާ ތިނަދޫގައި ބައިނަލަގްވާމީ އެއާޕޯޓެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމެވެ.
ރާއްޖޭގެ ވެރިކަމާއި މީގެ 3 ވަރަކަށް މަސްކުރިން ހަވާލުވެވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ތިނަދޫއަށް ވަޑައިގެންފައި އެވެ. އެގޮތުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިރޭ ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށު ތިނަދޫ ސްކޫލުގައި ޚާއްސަ ބައްދަލުވުމެއް ބާއްވާފައި އެވެ. ބައްދަލުވުމުގެ މެދާ ހިސާބުން އިއުލާނުކުރީ ތިނަދޫ ބައިނަލަގްވާމީ އެއާޕޯޓުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ސޮއި ކުރުމަށެވެ. މިއާއި އެކު މިކަން ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ހައިރާން ކަމެއް ގެނެސްދިން ކަމަކަށެވެ. ސަބަބަކީ އެހެން ވެރިކަން ތަކާއި ހިލާފަށް ވެރިކަމަށް 100 ދުވަސްވެސް ނުވަނީސް މިފަދަ ބޮޑު މަޝްރޫއެއް ސަރުކާރުން އިއުލާނުކުރުމެވެ. މީގެެ ކުރިން ރާއްޖޭގެ ވެރިކަން ތަކަށް ބަލާއިރު މިފަދަ ބޮޑެތި މަޝްރޫއުތަކަކީ ވެރިއަކު އެވެރިއެެއްގެ ދެވަނަ ދައުރަކަަށް އިންތިހާބާއި ގާތް ވުމުން ރައްޔިތުންނަށް ދަޅަ ދެއްކުމުގެ ނިޔަތުގައި ކުރަމުން އައި ކަންތައްތަކަށް ވެފައި އޮތް ސަގާފަތެއް އޮތުމެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ވެރިކަން ތަފާތެވެ. ފޮނި ކެނޑުމެއް ނެތެވެ. މިހާރު ވަކި ދައްކާނެ ދަޅައެއް ނެތެވެ. ވެރިކަމުގެ މިހާކުރިން މިފަދަ މަޝްރޫއުއެއް އިއުލާނުކުރުމާއި އެކު މަސައްކަތް ކުރިޔަށް ނުދާ ނަމަ ރައްޔިތުންނަށް ސަރުކާރަށް އެޕްރެޝަރު ކުރުމަށް ވެސް ވަގުތު ލިބިގެންދާނެ އެވެ. މިއާއި އެކު މިފަދަ މަޝްރޫއެއް ބިލާހަކަށް ވެގެން ދިޔުމަށް ވުރެ ހަގީގަތަކަށް ވުން ގާތްކަން ހަމަބުއްދިން ވިސްނާލުމުން ވިސްނިގެންދާނެ އެވެެ.
މިރޭ ހުވަދު އަތޮޅުގެ ރައްޔިތުންނަށް ރައީސް އެދިނީ ވަރަށް ވެސް ހައިރާން ކުރުވަނިވި ސަޕްރައިސް އެކެވެ. އެ ކަމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސް ނޫނެވެ. ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ބްރިޖަކުން ގުޅާލުމަށެވެ.
ސަރުކާރުން މިރޭ ތިނަދޫގައި ބައިނަލަގްވާމީ އެއާޕޯޓެއް ތަރައްޤީކުރުމަށް ހަވާލުކުރީ ތައިލެންޑްގެ ޕެން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއި އެވެ. އަދި މި މަޝްރޫއަކީ ސަރުކާރުން ފަންޑު ކޮށްގެން ހިންގަން ނިންމާފައިވާ މަޝްރޫއެއްވެސް ނޫނެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ފޮރިން އިންވެސްޓްމެންޓެއްގެ ގޮތުގައި އެވެ. އެގޮތުން ޕެން ޕެސިފިކް އިން ތިނަދޫއާއި ހުވަދު އަތޮޅަށް 400 އާއި 600 މިލިއަން ޑޮލަރުގެ އިންވެސްޓް ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި އިންވެސްޓްމެންޓާއި އެެކު ތިނަދޫއާއި ހުވަދު އަތޮޅަށް އަންނަނީ ހަމައެކަނި ބައިނަލަގްވާމީ އެއާޕޯޓެއް ނޫންކަން މަޝްރޫއުގައި ސޮއިކުރުމަށްފަހު ޕެން ޕެސިފިކްއިން ދައްކާލި ވީޑިއޯ ރިޕޯޓުން އެނގިގެން ދެއެވެ. އެގޮތުން އެކުންފުނިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުއާއި އެކު ތިނަދޫގައި ސްޕްލޭންގެ ހިދުމަތާއިވެސް އެކު އެކްސްކްލޫސިވް ސީޕްލޭން , ވީއައިޕީ ޕްރައިވެޓް ޖެޓް ޓާމިނަލެއްވެސް ހެދިގެން ދާނެ އެވެ. އަދި ތިނަދޫ ބައިނަލަގްވާމީ އެއާޕޯޓުގެ ސްޓްރަކްޗަރ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު އޯވަރވޯޓާ ސްޓްރަކްޗާރ ކަމަށްވެސް ޕެން ޕެސިފިކުން ބުނެއެވެ. މީގެ އިތުރުންވެސް އެއާޕޯޓާޢި އެކު ފްލައިނިންގ ސްކޫލެއް ވެސް ތަރައްޤީކުރެވިގެންދާނެކަން ވަނީ ހާމަކޮށްފައި އެވެ.
އެއާޕޯޓު މަޝްރޫއުއާއި އެކު ތިނަދޫ އާއި ހުވަދު އަތޮޅުގައި ތަރައްޤީކުރެވިގެންދާނެ ބައެއް އިތުރު ހިދުމަތްތައް
- ލަގްޒަރީ ޔޮޓް މެރީނާ އަދި ފެރީ ޓާމިނަލް ހަބް
- ސިއްހީ ކުއްލި ހާލަތްތަކަށް އެއާ އެމްބިއުލާންސްގެ ހިދުމަތް
- އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމަޖެންސީ ރެސްޕޮންސް އަދި ސޭފްޓީ ސްޓޭޝަން
- ޑިއުޓީ ފްރީ ބޫޓިކްސް
- 12 ރިސޯޓު ( 4 ތަރި އާއި 7 ތަރި ރިސޯޓްތަކެއް )
- ޑައިވަރުންނާއި ދިވެހި މަސްވެރިންނަށް ޑިކޮމްޕްރެޝަން އިމަޖެންސީ ޔުނިޓް
މި މަޝްރޫއުގައި ސޮއިކުރުމަށްފަހު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށާއި މާލަސްތަކެއް ނުވެ މަޝްރޫއުގެ މައި އެއްބަސްވުންތަކުގައި ސޮއިކުރެވިގެން ދާނެ ކަމަށްވެ. އަދި މަސައްކަތް އެންމެ ގިނަ ވެގެން 2 އަހަރު ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވާކަންވެސް ރައީސް ހާމަކުރެއްވި އެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ އަތޮޅެއްގައި ކުރާނެ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ. މި މަޝްރޫއު ހަގީގަތަކަށް ވެގެން ދިޔުމުން ހުވަދު އަތޮޅުގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބީ ބަދަލެއް އައުމުގެ އިތުރުން ހުވަދު އަތޮޅުގެ ރައްޔިތުންނަށް ގިނަ ގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ހުނި
ތިއީ މިސަރުކާރުގެ މި ތިންމަސްތެރޭ ރޭވިގެން އައި މަޝްރޫއުއެެްކަމަށް ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލެއް ނުކުރާނެ' ފ އަތޮޅު ވިއްކާލަން ހިންގަންއުޅުކަހަލަ ކަމެއްތިވެސް' ފާރަވެރިވެ ބަލަންޖެހޭ