
ގިރާވަރުފަޅުން ގޯތި ލިބުނު މީހުން، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ފުރުސަތު އޮތްތޯ ބަލާނަން - ރައީސް
# ބިންވެރިޔާ# ރައީސް މުއިއްޒު# ގުޅީފަޅުރައީސް މުއިއްޒު
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ފުރުސަތު އޮތްތޯ ބަލަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ ވަނީ ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ސުވާލު ކޮށްފައެވެ.
ސުވާލަށް ރައީސް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، އެ ސުވާލު އެމަނިކުފާނާއި އެހެން ބޭފުޅުންވެސް ކުރިމަތި ކުރައްވާއިރު، އަދި އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު ބައެއް މީހުންނަށް، ގުޅީފަޅުން ގޯތި ދޭއިރު އެތަނުން ޖާގަ ލިބިދާނެތޯ ނޫންތޯ ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށާއި ދެ ތަނުގެ ވެސް ލޭންޑްޔޫސް ޕްލޭން މިހާރު ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާ ކަން ރައީސް ހާމަކުރެއްްވި އެވެ.
އެހެންކަމުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބެލުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ވަރަށް އަވަހަށް ދެއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނަކުންވެސް ގޯތި ދީފައި ވެއެވެ. ގޯތި ދީ، މިހާރު އެތަންތަން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ގިރާވަރުފަޅުން މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ އިރު، ގުޅީފަޅުން ވަނީ 100 އަށް ވުރެ ގިނަ ހެކްޓަރު ހިއްކައިފައެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ހުއްޓުމެއް ނެތި ކުރިއަށް އެބަދެއެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ.
ގުޅުންހުރި

ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމައިފި

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް އިނާޔަތެއްދެނީ

ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއް - ރައީސް
