
ރައީސް މަޑަވެލީ ރައްޔިތުންނަށް ދެއްވީ ބޮޑު ބަނދަރަކާއި އޭޓީއެެމްއެއްގެ ޔަގީންކަން!
# ގދ.މަޑަވެލި# ރައީސް މުއިއްޒުރައީސް މަޑަވެލި ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާކަމަށާއި، ބަނދަރުގެ ޖާގަ ބޮޑުކުރަން ބޭނުންވާކަމަށާއި، ޞިއްޙީ މަރުކަޒުގެ ފަންތި މަތިކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކޮށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، އޭ.ޓީ.އެމް. ގެ ޚިދުމަތް ބޭނުންވާ ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އަދި ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަޑަވެލީގައި އެކަށީގެންވާވަރުގެ ބަނދަރެއް ތަރައްޤީ ކޮށްދެއްވާނެކަމަށާއި އޭ.ޓީ.އެމް. ބެހެއްޓުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމާއި އެރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.
ގުޅުންހުރި

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
.jpeg&w=3840&q=75)
ސަރުކާރުގެ އަަމާޒަކީ ވަޒީފާގެ ބާޒާރު މިހާރަށް ވުރެ އިތުރަށް ފުޅާކުރުން: އިޙްސާން

ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތް ހިންގީ ހައުސިންގ މިނިސްޓްރީ ތެރެއިން: މެންބަރު ޝުޖާއު




