logoEN
cocacola
ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

2/17/2024, 5:12:50 PM

# ފުލުހުން# ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ---

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލާގައި 22 އަހަރުގެ ދިވެހި ފިރިހެނެއް އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޞިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ ޖެނުއަރީ މަހު 31ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު, އެ 2 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ޝަމީމަށް ހަމަލާދިން މައްސަލާގައި އޭނާގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ