logoEN
WAMCO TOP 1
 ފޭސް 2 ގެ ޓަވަރުތަކަށް ޚާއްސަކޮށްގެން ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒްއެއް ބާއްވަނީ

ފޭސް 2 ގެ ޓަވަރުތަކަށް ޚާއްސަކޮށްގެން ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒްއެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

2/14/2024, 5:29:33 PM

# ހިޔާ ފްލެޓުތައް

ހިޔާ ފްލެޓު ސަރަހައްދު

ހުލުމާޅެ ފޭސް 2 ގެ ޓަވަރުތަކަށް ޚާއްސަކޮށްގެން ފުލް ސްކޭލް އެމަރޖެންސީ އެކްސަސައިޒްއެއް ބާއްވަން ނިންމައިފި އެވެ.

THE TRAVELLER AD

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން އިސްނަގައިގެން ބާއްވާ މި އެކްސްސަސައިޒް އަކީ އުސް އިމާރާތްތަކުގައި ހިނގާފާނެ އެމަރޖެންސީއެއްގައި މީހުން ސަލާމަތްކޮށް ތަން ހުސްކުރުމާއި،އަލިފާން ނިންވުންފަދަ އޮޕަރޭޝަންއަކަށް ފަރިތަކުރުމުގެ ގޮތުން ބާއްވާ އެކްސަސައިޒްއެެކެވެ.

މި އެކްސަސައިޒް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަގުގެ 24 ވަނަ ދުވަހު އެވެ.

View post on Twitter

އެގޮތުން މި އެކްސަސައިޒަކީ އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ދިވެހި ރެޑް ކްރެސެންޓާއި އޭޑީޕީސީ އާއި ޔޫއެސްއެއިޑް ގުޅިގެން ކުރިޔަށް ގެންދަން ތައްޔާެރުވަމުން އަންނަ ހަރަކާތެކެވެ.

މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް އެންޑީއެމްސީއިން ނިންމާފައިމިވަނީ ހިޔާ ފްލެޓު ސަރަހައްދުގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ދާދި ފަހުންވެސް ހިނގާފައިވާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް
ފަހުގެ
HDC