
ނަޕޯލީ އަތުން މޮޅުވެ، މިލާނުން ތިންވަނައިގައި ހަމަޖެހިލައިފި
# އޭސީ މިލާން # ނަޕޯލީ # އިޓާލިއަން ސެރިއޭ# ބޭރު ދުނިޔޭގެ ކުޅިވަރުތިއޯ ހަނާންޑޭޒް އަދި ރަފައެލް ލެއާއު ނަޕޯލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިޓާލިއަން ސެރިއޭގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނަޕޯލީ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޭސީ މިލާނުން ލީގު ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އޭސީ މިލާނުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ތިއޯ ހަނާންޑޭޒް އެވެ.މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ރަފައެލް ލެއާއު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި އޭސީ މިލާނުގެ ޖިއޮވާނީ ސިމިއޯނީ އަދި ރަފައެލް ލެއާއު އަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ރަނގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ 89 ވަނަ މިނެޓުގައި ނަޕޯލީގެ ޑެންމާކް މިޑްފީލްޑަރު ޖެސްޕަރ ލިންޑްސްޓޯމް އަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން އޭސީ މިލާނަށް 52 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި ދެވަނައިގައި އޮތް ޔުވެންޓަސް އަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު މިމެޗުން ބަލިވި، ނަޕޯލީން ލީގުގައި ކުޅުނު 23 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




