logoEN
cocacola
އެސްޓަން ވިލާ އަތުން މޮޅުވެ ޔުނައިޓެޑުން ގަދަ ހަތަރެއް ގެ އުންމީދު ދަމަހައްޓައިފި

އެސްޓަން ވިލާ އަތުން މޮޅުވެ ޔުނައިޓެޑުން ގަދަ ހަތަރެއް ގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

2/12/2024, 2:31:47 AM

# އިނގިރޭސި ޕްރިމިއާ ލީގު# އެސްޓަން ވިލާ # ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ ވާދަކުރި މެޗުގެ ތެރެއިިން

އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 2-1 ނަތީޖާއަކުން އެސްޓަންވިލާ އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއް ގެ އުންމީދު ދަމަހައްޓައިފި އެވެ.

ގޮސިޔާ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޔުނައިޓެޑުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ހެރީ މެގުއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ލުއިޒް އެވެ.

މެންޗެސްޓާ ޔުނައިޓެޑުން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފަހުހާފުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސްކޮޓްލޭންޑް ގެ މިޑްފިލްޑަރު ސްކޮޓް މެކް ޓޮމިނޭ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޑިއޭގޯ ޑަލޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން މެންޗެސްޓާ ޔުނައިޓެޑަށް 41 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 6 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަން ވިލާއަށް 24 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ފަސްވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ