logoEN
cocacola
ހަންގޭރީގެ ރައީސް އިސްތިއުފާ ދެއްވައިފި

ހަންގޭރީގެ ރައީސް އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

2/10/2024, 5:50:51 PM

# ހަންގޭރީ

އިސްތިއުފާ ދެއްވި ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް

ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް އިސްތިއުފާ ދެއްވައިފި އެވެ.

ގޮސިޔާ

ނޮވަކް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ އެގައުމުގެ ކުޑަކުދިންގެ ހިޔާއެއްގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވަން އެހީތެރިވި ކަމަށް ބުނެ ބައިވެރިއެއްގެ ގޮތުގައި ހުކުމް ކޮށްފައިވާ މީހަކަށް މައާފު ދިނުމާ ގުޅިގެން ޕްރެޝަރު ބޮޑުވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެމަކަނާގެ އިސްތިއުފާ އިއުލާނުކުރެއްވީ އެގައުމުގެ ދައުލަތުގެ ޓީވީއަށް މިރޭ ދެއްވި ޚާއްސަ ތަގްރީރެއްގައި އެވެ.

"އަހަރެން ނަށް ހެދުނީ ގޯހެއް... މިއަދަކީ ރައީސެއްގެ ހައިސިއްޔަތުން ތިޔަބޭފުޅުންނާ މުޚާޠަބުކުރައްވާ އެންމެ ފަހު ދުވަސް،" ދައުލަތުގެ ޓީވީން ބްރޯޑްކާސްޓް ކުރެއްވި ތަގުރީރުގައި އެކަމަނާ އިސްތިއުފާ ދެއްވަމުން ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެކަމަނާ ވިދާޅުވެފައި ވަނީ ޕްރެޝަރު ބޮޑުވެފައިވާ މައްސަލަ ވެސް ހިމެނޭ ގޮތަށް ކުޑަކުދިންނަށް ޖިންސާ ކުރާ މީހަކަށް ދުވަހަކު ވެސް މައާފެއް ނުދެއްވާނެ ކަމަށެވެ.

އެކަމަނާގެ އިސްތިއުފާއަށް ގޮވާލައި އެގައުމުގެ ވެރިރަށުގައި ހުކުރު ދުވަހު 1000 އެއްހާ މީހުން ވަނީ މުޒާހަރާކޮށްފައެވެ. ހަންގޭރީގެ އިދިކޮޅު ޕާޓީތަކުން ވެސް ވަނީ އެކަމަނާ މަގާމުން ވަކިވުމަށް ގޮވާލައިފަ އެވެ.

ނޮވަކް އަކީ ކޮންޒަވޭޓިވް ބޮޑުވަޒީރު ވިކްޓާ އޯރްބާންއާއި ވަރަަށް ގާތް އަދި އެގައުމުގެ ކުރީގެ ފެމިލީ މިނިސްޓަރެވެ. އަދި އެކަމަނާއަކީ ހަންގޭރީގެ ތާރީހުގައި ވެސް ފުރަތަމަ އަންހެން ރައީސާގެ އިތުރުން އެ މަގާމު ފުރުއްވި އެންމެ ޒުވާން ބޭފުޅާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ