logoEN
cocacola
ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ދޫކުރާނަން - ރައީސް

ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ދޫކުރާނަން - ރައީސް

އަލްފާ އަލީ

logo

2/4/2024, 10:21:04 AM

# ރައީސް މުއިއްޒު# ބިންވެރިޔާ# ގޯތިގެދޮރު

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު

މާލެ ސަރަހައްދުން ގޯތި ލިބުނު ހުރިހާ މީހުންނަށް އެކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ހ. މެލްބާން، އިބްރާހީމް ސަމާހު، މާލޭގެ ރައްޔިތުންނަށް ގޯތި ޙަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެއްވަމުންނެވެ.

ގިނަ ބައެއްގެ މަސްލަޙަތު ހިމެނޭ ގޯތީގެ ކަންކަން ކުރިއަށް ގޮސްފައިވާ ހިސާބު އޮޅުންފިިލުވަން ސަމާހުކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ.

ނިމިދިޔަ ސަރުކާރުން ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެ ތަންތަނުން ގޯތި ލިބުނު ފަރާތްތަކަށްވެސް ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކައް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"ޤާނޫނީ ގޮތުން ރަޖިސްޓްރީއެއް މިހެދެނީ ބިން ހިކުނީމަ. ނަމަވެސް ގޯތި ލިބުނުކަން ކަށަވަރުކުރުމަށްޓަކައި ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. އެހެންވީމަ ގުޅިފަޅުން ވިޔަސް، ގިިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ގޯތި ލިބުނު މީހުންނަށްވެސް ލިޔުމާއި ގޯތި ދޫކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަދޭ." - ރައީސް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު ހުޅުމާލެއިން ގޯތި ލިބުނު މީޙުންގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ