
Bipolar_Blog_1
ދިރިއުޅުމުގައި އުނދަގޫތަކާ ކުރިމަތިވުމަކީ އާންމު ކަމެކެވެ. ކޮންމެ މީހަޖާވެސް، އެމީހަކު ހާސްވެ ކަންބޮޑުވާ ކަންތައްތަކެއް ދިރިއުޅުމުގެ ކޮންމެ ހިސާބައެއްގައި ދިމާވެއެވެ. އެފަދަ ބައެއް ކަންތައްތަކަކީ އެކަމަކުން އަރައިގަންނަން ބައެއް މީހުންނަށް އެހާ އުނދަގޫ ކަމަކަށް ނުވި ނަމަވެސް ބައެއް ފަހަރު ދިމާވާ ކަމެއްގެ ސަބަބުން ގިނަ ބަޔަކު ޑިޕްރެޝަންއާ ކުރިމަތިލާން ޖެހުމަކީވެސް އާންމުކޮށް ދިމާވާ ކަމެކެވެ. އެގޮތުން ބައިޕޯލާ ޑިޕްރެޝަން އަކީ މުޅިން ތަފާތު ހާލަތެކެވެ. އެއީ ނުހަނު ގިނަ ދުވަސްތަކެއް ވަންދެން ދެމިހުންނަ އާދަޔާ ހިލާފު އަހުލާގާއެކު ސީރިއަސް ޑިޕްރެޝަނަކަށް ވެސް ވެދާނެ އެވެ.

އެގޮތުން ބައިޕޯލާ ޑިސްއޯޑާގެ ނިޝާންތައް ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިކަމުގެ އަލާމާތްތައް ކުރިން ދެނެގަނެވިފައިވާ ނަމަ އެކަމުގެ ސަބަބުން ސީރިއަސް ނަތީޖާއެއް ނުކުތުމުގެ ކުރިން ތިމާ އަށް ނުވަތަ އެ ބަލި ޖެހިފައިވާ މީހަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމެކެވެ. އަލާމާތްތައް އަވަހަށް ދެނެގަނެވި، ޑިޕްރެޝަން އެޕިސޯޑް އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓިދާނެ އެވެ.
މި ލިޔުމުގައި ބައިޕޯލާ ޑިސްއޯޑާ އާއި ސައިކޮލޮޖިސްޓުން ދުވަހަކުވެސް އިހުމާލުކޮށްގެން ނުވާނެ ކަމަށް ބުނާ 12 އަލާމާތްތަކުން ޑިޕްރެޝަނާ ބެހޭ ގޮތުން ކުޑަ މިންވަރެއް ދަސްވާނެ އެވެ.
ބައިޕޯލާ ޑިސްއޯޑާ އަކީ ކޮބައި ހެއްޔެވެ؟
ބައިޕޯލާ ޑިސްއޯޑާ އަކީ ބަލި ޖެހިފައިވާ މީހާގެ މިޒާޖާއި ވިސްނުމާއި އަހުލާގާއި ދުވަހުން ދުވަހަށް ކުރާ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނަ ޑިސްއޯޑާއެކެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު ކަމަކާ ކަންބޮޑުވެ ހާސްވާންޖެހޭ ފަދަ ހާލަތެއް ދޭތެރެއަކުން މެދުވެރިވެދާނެ އެވެ. ނަމަވެސް ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހުންނަށް ފާހަގަކުރެވޭ އަދި ނުރައްކާތެރި ހާލަތަކާ ކުރިމަތިވެދާނެ ގިނަ ދުވަސްތަކެއް އަތުވެދާނެއެވެ. މިކަމުގެ ސަބަބުން އެންމެ ނުރައްކާތެރި އަސަރެއް ކުރާނީ އެކަމުގެ ސަބަބުން ތިމާއަށް އަންނަ ބަދަލު ނޭނގުމެވެ.
ބައިޕޯލާ ޑިޕްރެޝަން
ބައިޕޯލާ ޑިޕްރެޝަނަކީ ބައިޕޯލާ ޑިސްއޯޑާގެ "ސްޓޭޓް" އެކެވެ. ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހުން ހަމަ ކުއްލިއަކަށް ނޭނގިހުރެ މޫޑް ބަދަލުވެ ކަންތަކުން ފޫހިވުން ފަދަ އެތަކެއް ކަމަކާ ކުރިމަތިވެއެވެ. ޑިޕްރެޝަން ގެ ހާލަތަކީ ބަލި ޖެހިފައިވާ މީހާއަށާއި ވަށައިގެންވާ މީހުންނަށް ވަރަށް އަވަހަށް ނުރައްކާތެރި ހާލަތަކަށް ވެދާނެ އެވެ.
ބައިޕޯލާ ޑިޕްރެޝަންގެ އަސަރުކޮށްފައިވާ މީހުންނަށް ދެ އެޕިސޯޑް ވެސް އެއްފަހަރާ ތަޖުރިބާ ކުރެވޭނެ އެވެ. އާދަޔާ ހިލާފަށް މަސައްކަތްކޮށް ތަންކޮޅެއް އެކްޓިވްކޮށް މީހާ ފެނުނު ނަމަވެސް މި މީހުން ވަރަށް ބޮޑަށް މާޔޫސްވާނެ އެވެ. މިއީ ތިބާއަށް ކުރިމަތިވާނެ އެންމެ އާދަޔާ ޚިލާފު އެއް ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް ހިތާމައަކީ މި ޑިސްއޯޑާ އަކީ ހީކުރާ ވަރަށް ވުރެ އާންމު ބައްޔެކެވެ.
ބައިޕޯލާ ޑިސްއޯޑާގެ ބާވަތްތައް
ބައިޕޯލާ ޑިސްއޯޑާގެ ތިން ވައްތަރެއް ހުރެއެވެ. އެއީ ބަލި ޖެހިފައިވާ މީހާއަށް ކުރިމަތިވެދާނެ މޫޑުތަކުން މާނަކުރާ އެއްޗެކެވެ.
ބައިޕޯލާ 1 ޑިސްއޯޑާ - މަދުވެގެން ހަފުތާއެއްހާ ދުވަހަށް ދެމިގެންދާ މެނިކް އެޕިސޯޑްތަކާއި މަދުވެގެން ދެ ހަފުތާއަށް ދެމިގެންދާ ޑިޕްރެސިވް އެޕިސޯޑްތަކެވެ. މިފަދަ ހާލަތްތަކުގައި ބަލިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިދާނެ އެވެ.
ބައިޕޯލާ 2 ޑިސްއޯޑާ - މެނިކް އެޕިސޯޑްތަކަށް ވުރެ ބޮޑަށް ޑިޕްރެސިވް އެޕިސޯޑްތަކާ ކުރިމަތިވެއެވެ. ނަމަވެސް ހައިޕޮމަނިކް އެޕިސޯޑްތައްވެސް މި ޑިސްއޯޑާ ހުންނަ މީހުންނާ ކުރިމަތިވެދާނެއެވެ.
ސައިކްލޮތިމިކް ޑިސްއޯޑާ - މަދުވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޕްރެޝަނަލް އަދި ހައިޕޮމެނިކް އެޕިސޯޑްތައް ކުރިމަތިވެއެވެ. މި ބާވަތް ކުޑަކުއްޖަކާ ދިމާވެއްޖެ ނަމަ އަހަރަކަށް ދެމިގެންދެއެވެ.
ބައެއް ފަހަރު މި ތިން ބާވަތުގެ ތެރެއިން އެއްވެސް ބަޔަކާ ނުގުޅޭ ބައިޕޯލާ ވައްތަރެއް މީހެއްގެ ކިބައިން ފެނިދާނެ އެވެ.
ހިތާމައަކީ ބައިޕޯލާ ޑިސްއޯޑާއަށް ފަރުވާއެއް ނެތުމެވެ. އޭގެ މާނައަކީ އަތްނުފޯރާ ހިސާބަށް ނުދިއުމަށް ޓަކައި ރަނގަޅަށް މެނޭޖް ކުރަން ޖެހޭނެ ކަމެވެ. އެހެންކަމުން ޑިޕްރެޝަނަލް އެޕިސޯޑެއްގެ ނިޝާންތަކަށް އިހުމާލު ނުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި މިވަނީ ބައިޕޯލާ އެޕިސޯޑަކުން ފެންނާނެ ޑިޕްރެޝަންގެ އެންމެ އާންމު 12 އަލާމާތެވެ. ތިބާއަކީ އެތަކެތި ދައްކާކަން އެނގޭ މީހެއް ނަމަ ފަރުވާ ލިބުން ލަސްނުކުރާށެވެ.
ހިތާމަކުރުން ނުވަތަ އުންމީދު ކަނޑާލުން.
މި އަލާމާތަކީ ބައިޕޯލާ ޑިޕްރެޝަންގެ ކްލެސިކް އަދި އެންމެ ފާހަގަކޮށްލެވޭ އެއް އަލާމާތެވެ. ނަމަވެސް މިއީ ޔުނިޕޯލާ ޑިޕްރެޝަން (ހަމައެކަނި ޑިޕްރެޝަން) ގެ އަލާމާތެކެވެ. ތަފާތަކީ އެމީހާގެ ކިބައިން މެނިކް އެޕިސޯޑްތައް ފެނުމެވެ. ހަނދާނުގައި ބަހައްޓަންވީ މި ހާލަތާ އެކު އަންނަ ޑިޕްރެޝަނަކީ ހަމައެކަނި މީހާ ހިތާމަ އިހުސާސް ކުރެވޭ ހާލަތެއް ނޫން ކަމެވެ. އެމީހާއަށް އިހުސާސް ވާނީ މުޅިން ވެސް މާޔޫސްކަމެވެ.
ކޮންމެ ކަމަކަށް ވެސް ޝައުގުވެރިކަން ގެއްލުމެވެ.
ބައިޕޯލާ ޑިޕްރެޝަން ގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދިރިއުޅުމުގެ ޝައުގުވެރިކަން ގެއްލޭނެ އެވެ. މި އުނިކަމުގެ މާނައަކީ ހަމައެކަނި އެމީހުން އާންމުކޮށް ކުރަން ލޯބިކުރާ ކަންތައްތަކެއް ނޫނެވެ. ހުރިހާ ކަމަކުންވެސް ޝައުގުވެރިކަން ގެއްލިގެން ދެއެވެ.
ދިރިއުޅުމަށް ޝައުގުވެރިވުމަކީ އެމީހުންނަށް ބޭނުން ވަގުތަކު ބަދަލުކޮށްލެވޭ އެއްޗެއް ނޫނެވެ.އެއީ އެމީހުން އަމިއްލައަށް ނިންމާ ގޮތެއް ނޫނެވެ. އެކަން އެހެން ދިމާވަނީ އެއްވެސް ކަމަކަށް ޝައުގުވެރިވާނެ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތުމެވެ. މި އަލާމާތަކީ ލިސްޓުގައި ދެން ހުރި އަލާމާތްތަކާ ގުޅިފައިވާ އަލާމާތެކެވެ.
އެމީހުން ކުރާ އެއްވެސް ކަމަކުން އުފަލެއް ނުލިބުން.
ދިރިއުޅުމުގެ ޝައުގުވެރިކަން ގެއްލެމުންދާނަމަ އެއްވެސް ކަމަކުން އެމީހުންނަށް އުފާވެރިކަމެއް ނުލިބެއެވެ. އެމީހުންގެ މިޒާޖަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރުމަށްޓަކައި ކޮންމެވެސް ގޮތަކުން އެކަމަށް ފަރުވާތެރިވާން ޖެހެއެވެ. އަދި މިފަދަ ހާލަތްތައް ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ ބައިޕޯލާ މީހުންނަށް މެނޭޖް ނުކުރެވިދާނެ އެވެ.
މިފަދަ ސްޓްރެސް ހާލަތްތަކާ ކުރިމަތިލާއިރު އަޅާނުލުމަކީ އެކަމާ އެހީތެރިވެދޭ ކަމެކެވެ. ކޮންމެ މީހަކުވެސް އެދޭނެ ކަމަކީ އެފަދަ ހާލަތްތަކުން ސަލާމަތްވުމެވެ. ނަމަވެސް ކަންތައްތަކާ އަޅާނުލާ ދުކޮށްލުމަކީ ދިރިއުޅުމުގައި އެންމެ ރަނގަޅުގޮތެއް ނޫނެވެ.
މާގިނައިން ނިދުން ނުވަތަ ހަމަނިދި ނުލިބުން.
ބައިޕޯލާ ޑިސްއޯޑާގެ ސަބަބުން ޑިޕްރެޝަންގެ އަސަރު ސިކުނޑިއަށް ކެމިކަލް ލެވެލްގައި ކުރާއިރު، އެ ބަދަލުތަކުގެ ސަބަބުން ނިދުމުގެ ވައްޓަފާޅިއަށް ހުރަސް އެޅިދާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އުފަލާއި އަޅާލުން ނުލިބުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އެމީހުންނަށް ތެދުވުމުގެ ހިތްވަރެއް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ބާކީ އޮތީ އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކެވެ. އެކަށީގެންވާ ވަރަށް ނުނިދިއްޖެ ނަމަ ދެން ފެންނާނީ އިތުރު އަލާމާތަކަށްވެސް ވެދާނެއެވެ.
ނުތަނަވަސްވެފައި ހުރެވުން
މި ހާލަތާ ކުރިމަތިވެފައިވާ މީހާ ހަމައަކަށް އެޅެން ނެތެވެ. އެމީހާއަކީ އެންޓްސީ، ރުޅިގަދަ، އަދި ހަމަޖެހުމެއް ނެތް މީހެކެވެ. އެމީހުންގެ ސިކުނޑީގައި އަބަދުވެސް ކޮންމެވެސް ކަމަކާ ނުތަނަވަސްވެ ކޮންމެވެސް ކަމަކާ އަމިއްލަ ނަފްސާއި ހަނގުރާމަ ކުރަމުންދެއެެވެ. އެފަދަ މީހުން ފާހަގަ ކުރެވޭ އެންމެ ފަސޭހަ ގޮތަކީ ވާހަކަ ދެއްކުމުގައި ގެންގުޅޭ ހަލުވި ކަމެވެ. އެފަދަ މީހުންނަށް ނުތަނަވަސްވެ، ހަމަ ނިދި ލިބުމުން މަހްރޫމްވެއެވެ.
މިއީ ވެސް ސްޓްރެސްގެ އަލާމާތެއް ކަމުން ބައިޕޯލާ ޑިޕްރެޝަންގެ އެހެން އަލާމާތްތައް ވެސް މިއާއެކު ބަލަން ޖެހެ އެވެ. ނަމަވެސް ސްޓްރެސްގެ ސަބަބުން ބައިޕޯލާ ޑިޕްރެޝަން އުފެދޭކަން ހަނދާނުގައި ބަހައްޓާށެވެ.
އެމީހުންގެ ހަކަތައިގެ މިންވަރު ދަށްވުން
ހަށިގަނޑަށް އަންނަ ކެމިކަލް ބަދަލުތަކާއި، ނިދުމުގެ ވައްޓަފާޅިއަށް ހުރަސް އެޅުމާއި، ސްޓްރެސް ލެވެލް މަތިވެ، އަސަރުކުރާ މީހާގެ ހަކަތައިގެ މިންވަރު ދަށަށް ދިއުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ޑިޕްރެޝަނަލް ބައިޕޯލާ އެޕިސޯޑެއްގެ ތެރޭގައި ހަށިގަނޑާއި ސިކުނޑި އަށް ކަންތައް ނަގައިގަތުމަށް އުނދަގުލެއް ކުރިމަތިވެދާނެތީ، އެ މީހުންގެ ހުރިހާ ހަކަތައެއް ދިރިހުރުމަށް ދަނީ ބަދަލުކުރަމުންނެވެ. ހާއްސަކޮށް ހަކަތަ އަލުން ލިބުމަށް ބޭނުންވާ ވަރަށް ނިދި ނުލިބޭ ނަމަ މިކަން ދިމާވެ އެވެ.
އެއްވެސް އަސާސެއް ނެތް ކަމެއްގައި އަމިއްލަ ނަފްސު ކުށްވެރިކުރުން
ބައިޕޯލާ ޑިސްއޯޑާގެ ސަބަބުން ޑިޕްރެޝަންގެ ސަބަބުން އެއްވެސް ސަބަބެއް ނެތި ކުށްވެރިކަމުގެ އިހުސާސް ކުރެވެއެވެ. ކުށެއް ނުކުރި ނަމަވެސް ކުށުގެ އިހުސާސްތައް ފާޅުވެދާނެ އެވެ. ކަމެއް ކުރިޔަސް އެކަންވެސް ގޯސް ކަމަށް ފެނެއެވެ. މި ޑިސްއޯޑާގެ ސަބަބުން އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ނުބައި މީހާގެ ގޮތުގައި އަމިއްލައަށް އިހުސާސް ކުރެވެއެވެ.
ކަންކަމަށް ސަމާލުކަން ނުދެވުން
މީހާގެ ސިކުނޑި ހަލަބޮލިވެ، ނަފްސާނީ ކަންކަމާ ކުރިމަތިލަމުންދާއިރު، އެފަދަ މީހަކަށް ކަންކަމަށް ސަމާލުކަން ދިނުމަކީ ނުވާނެ ކަމެކެވެ. އަދި އެއީ ހައިރާންވާންޖެހޭ ކަމެއްވެސް ނޫނެވެ. ސްޓްރެސް ވުމަކީ މިފަދަ އަލާމާތްތަކުގެ ސަބަބަކަށް ވީ ނަމަވެސް ސްޓްރެސްގެ ސަބަބުން ބައިޕޯލާ ޑިސްއޯޑާވެސް އިތުރުވެދެއެވެ. ކަންކަމަށް ސަމާލުކަން ނުދެވުމަކީ އެހެން ކަމަކަށް މާ ބޮޑަށް ވިސްނޭތީ ދިމާވާ ކަމެކެވެ. މިއީ ބައިޕޯލާ ޑިސްއޯޑާގެ ކޮންސެންޓްރޭޝަނާ ގުޅުން ހުރި އެހެން އަލާމާތެކެވެ.
އެއްވެސް ކަމަކަށް ގޮތެއް ނިންމަން ނޭނގުން
މާ ބޮޑަށް ކަންކަމާ ވިސްނާ ފިކުރުކުރެވޭނަމަ މުހިންމު ކަންތައް ނިންމުމާމެދު ކަންބޮޑުވެއެވެ. އެމީހުން ދިރިއުޅުމުގައި އަޅާ ކޮންމެ ފިޔަވަޅަކީ މެދު ޝައްކު އުފެދި، ކަމެއް ނިންމުމުގައި ބިރުވެރިކަންވެސް އުފެދިދާނެއެވެ. މިއީ ޑިޕްރެސިވް ބައިޕޯލާ އެޕިސޯޑެއް ކުރިމަތިވެދާނެ އަލާމާތެކެވެ. މިކަމުގެ އަލާމާތް ދެނެގަނެވިއްޖެ ނަމަ ފުލް ބްލޯން ޑިޕްރެޝަނަކަށް ދިއުމުން ސަލާމަވުމަށް ފިޔަވަޅު އެޅިދާނެއެވެ.
ކުޑަކުއްޖެ ނަމަ ގަދައަށް ރުޅިއައުން
ބައިޕޯލާ ޑިޕްރެޝަން އެޕިސޯޑެއް ޖެހިފައިވާ ކުދިންގެ ޑިޕްރެޝަން އަކީ ރުޅިވެރިކަމެއްގެ ގޮތުގައި ފެނިދާނެ އެވެ. އެކަށީގެންވާ ގޮތެއްގައި އަމިއްލަ އިހްސާސްތައް ފާޅުކުރަން ނޭނގޭނެއެވެ. މިއީ އާންމު ދިރިއުޅުމުގައި ދިމާވާ ކަމެއް ކަމުން ޑިޕްރެޝަނަލް ބައިޕޯލާ އެޕިސޯޑެއް އޮތުމަކީ މައްސަލަ އިތުރަށް ގޯސްވާ ކަމެކެވެ. އެއްބަނޑު އެއްބަފާ ކުދިންނާއި މައިންބަފައިން ނުވަތަ ސްކޫލުގައި އުޅޭ އެހެން ކުދިންނާ މެދު ވެސް އެކުދިން ހަރުކަށި ވެދާނެ އެވެ. އަދި މާރާމާރީތައް ވެސް ހިންގައިފާނެ އެވެ.
މީހާއަށް ސައިކޮސިސް ހާލަތާއި ދިމާވުން.
ސައިކޮސިސް އަކީ ތިމާއަށް ނުވަތަ ތިމާގެ ވަށައިގެންވާ އެހެން މީހުންނަށް އިހުމާލު ނުކުރެވޭނެ އެއް އަލާމާތެވެ. ބައިޕޯލާ ޑިސްއޯޑާގެ ޑިޕްރެޝަނާއެކު ސައިކޮސިސް ފެންނަނީ ހެލޫސިނޭޝަންސް އާއި ޕެރަނޮއިޑް ޑިލިއުޝަންގެ ސިފައިގަ އެވެ. މިއީ ސްކިޒޮފްރެނިއާ އާ އެއްގޮތް ބައްޔެކެވެ. އަދި ސައިކޮސިސް އަކީ ނުގުޅޭ ވިސްނުމުގެ ވައްޓަފާޅިއާއި ހަލުވި ކަމާއެކު ވާހަކަ ދެއްކުމުގެ ވައްޓަފާޅިތައް ވެސް ސިފަކުރެވިދާނެ ކަމެކެވެ. މިކަމަށް އިހުމާލު ނުވާށެވެ. އެކަމުގެ ޝިކާރައަކަށްވާ މީހަކަށް އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ސީރިއަސް ގެއްލުމެއް ދެވިދާނެއެވެ.
އަމިއްލައަށް މަރުވުމާ މެދު ވިސްނުން
އަމިއްލައަށް މަރުވުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބައިޕޯލާ ޑިސްއޯޑާ ޖެހިފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން އަމިއްލައަށް މަރުވާން މަސައްކަތް ކުރާނެ ކަމަށާއި އޭގެ ތެރެއިން 20 ޕަސެންޓް މީހުން އެކަން ކާމިޔާބުވެސް ކުރެއެވެ. މާ ބޮޑަށް ޑިޕްރެސްވެ ، އަމިއްލައަށް މަރުވުމަކީ އެމީހުންނަށް އޮތް ހަމައެކަނި މަގެއް ކަމަށް ހީވެދާނެ އެވެ.
ތިމާ ދަންނަ މީހަކު އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅޭނަމަ ވަގުތުން އެހީތެރިކަން ހޯދާށެވެ. ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަން ހޯދާށެވެ.
ބައިޕޯލާ ޑިޕްރެޝަނާ ބެހޭ އެންމެ ފަހުގެ ވިސްނުން
ބައިޕޯލާ ޑިސްއޯޑާގެ އަސަރު ކުރަނީ ހަމައެކަނި ބަލި މީހާއަށް އެކަންޏެއް ނޫނެވެ. އޭގެ އަސަރު ވަށައިގެންވާ އެންމެންނަށް ވެސް ކުރެއެވެ. މިއީ ސްޓްރެސް ބޮޑު ހާލަތެއް ނަމަވެސް ރަނގަޅަށް މެނޭޖް ކުރެވިއްޖެ ނަމަ ބަލި ޖެހިފައިވާ މީހާ އަށް އާންމު ދިރިއުޅުމެއް އުޅެވޭނެ އެވެ. މައިގަނޑު ކަމަކީ ޑިޕްރެޝަން އެޕިސޯޑްތަކުގެ ނިޝާންތައް ފުރިހަމަވުމުގެ ކުރިން ދެނެގަތުމެވެ.
ޑިޕްރެޝަން އަކީ އިހުމާލުވާން ޖެހޭ ކަމެއް ނޫނެވެ. އެކަމަށް އިހުމާލުވުމަކީ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެކެވެ. މިދެންނެވި ނިޝާންތަކަށް ސަމާލުކަންދީ، ވީއެންމެ އަވަހަކަށް ހާލުގައި ޖެހިފައިވާ މީހާއަށް އެހީތެރިކަން ހޯދާށެވެ.