
ތިނަދޫ - މެދުކަނޑާލުމަށްފަހު، ފާމަސީ މުވައްޒަފުންނާއެކު ވެކްސިން ދޭން މިއަދު ފަށަނީ
# ވެކްސިން# ކޮވިޑް ވެކްސިންDSC_5369
ގދ، ތިނަދޫގައި ހުންނަ ޑރ އަބްދުުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވެކްސިން ދިނުން މެދުކަނޑާލުމަށްފަހު މިއަދު ފަށާނެކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ތިނަދޫ ހޮސްޕިޓަލުން ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހު ތިނަދޫ ކޮވިޑް ފެސިލިޓީގައެވެ. "ގާފު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރު، އަހުމަދު ސައީދު ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާނީ "ޕްރިއޮރަޓައިޒް"ކޮށްގެން ފްރޮންޓްލައިނުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު 20 މުވައްޒަފަކަށް ވަނީ ވެކްސިން ދީފައެވެ. ތިނަދޫގައި ވެކްސިން ދިނުން މެދުކަނޑާލީ މޮނިޓަރިންގ ހާލަތާ ގުޅިގެންނެވެ. ވެކްެސިން ދިނުން މެދުުކަނޑާލިއިރު ފުރަތަމަ ދެ ދުވަހު 165 ފްރޮންޓަލައިން މުވައްޒަފުންނަށް ވަނީ ވެކްސިން ދީފައެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ސާލިމް އަލީ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައިވާ ކޭސްތަކެއް ފެނުމާ ގުޅިގެން ވެކްސިން ޕްރޮގްރާމަށް މެދުކެނޑުމެއް އައިސްފައިވިޔަސް، ފްރަންޓްލައިނަށް ވެކްސިން ދިނުން މިއަދު އަލުން ފެށިގެން ދާނެކަމަށެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ވެކްސިން ދިނުން މިއަދު އަލުން ފެށިގެން ދާނެ، ތިނަދޫ ފާމަސީތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް ހިމެނޭހެން. ކުރިން ވެކްސިން ޕްރޮގްރާމް ހިންގީ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ހައިރިސްކް ޕޭޝަންޓުން އެޑްމިޓްކުރަން ހަމަޖެއްސި ތިނަދޫ ކޮވިޑް ފެސިލިޓީގައި. ނަމަވެސް އަލުން ވެކްސިން ޕްރޮގްރާމް ފަށާއިރު ޔޫޓިލައިޒް މި ކުރަނީ ހޮސްޕިޓަލް އިމާރާތް. ވީހާވެސް ކޮނަޖަސްޓްވުން ކުޑަވާނޭހެން ޕްރޮގްރާމް ކުރިއަށްގެންދީނީ" ސާލިމް އަލީ ވިދާޅުވިއެވެ.
މީގެ އިތުރުން ސާލިމް ވިދާޅުވީ ޕްރަންޓްލައިނުގައި ހިމެނޭފަރާތްތައް ކަވަރ ކުރުމަށްފަހު 80އަހަރުން މަތީގެ ބޭފުޅުންނަށް ވެކްސިންދިނުން ލަސްނުކޮށް ފެށިގެން ދާނެކަމަށެވެ.