
ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ފުރާވަޑައިގެންފި
# ޝާހިދު# ފޮރިން މިނިސްޓަރފޮޮރިން މިނިސްޓަރ
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ފޮޮރިން މިނިސްޓަރ ޑރ. އޭ. ކޭ. އަބްދުލް މޮމެންގެ ދަޢުވަތަކަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ބަންގްލަދޭޝްގެ ގިނަ ރައްޔިތުންތަކެއް ރާއްޖޭގެ ތަރައްޤީއަށް ކުރަމުން ގެންދާ މަސަައްކަތްތަކަކީ އަގުވަޒަން ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ މޮމެންއާއިއެކު ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އެގޮތުން ބަންގްލަދޭޝްގެ ގިނަ ރައްޔިތުންތަކެއް ރާއްޖޭގައި ރަސްމީގޮތުން ރަޖިސްޓަރީ ނުވެ އޮތް މައްސަލައަށް ހައްލެއް ހޯދުމަށްވެސް މި މަޝްވަރާ ބައްދަލުވުމަގައި މަސައްކަތް ކުރައްވާނެ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި 2 އެމް އޯ ޔޫ އެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ހިއުމަން ރިސޯސް ޕްލޭސްމަންޓް އަދި ދެ ގައުމުގެ ފޮޮރިން ސާރވިސް އެކަޑަމީގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައެވެ. އަދި މި ރަސްމީ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދް އާއި ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި ޖޮއިންޓް ސެކްރެޓަރީ ފާތުމަތު ގިނާ އެވެ.
ގުޅުންހުރި

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތްކުރާނަން - ޒަމީރު

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ހިމެނޭހެން ތިން ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ
