logoEN
ޕީއެންސީ 2
ޓިރިންކާއޯގެ ގޯލާއިއެކު ބާސާ މޮޅުވެ ލީގުގެ ދެވަނައަށް

ޓިރިންކާއޯގެ ގޯލާއިއެކު ބާސާ މޮޅުވެ ލީގުގެ ދެވަނައަށް

# ސްޕެނިޝް ލީގު# ބާސެލޯނާ

kkkk

ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ފްރާންސިސްކޯ ޓްރިންކާއޯ ވައްދާލި ގޯލުން 3-2 އިން ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ .

ޝަރީ 2024

ބެޓިސް ދަނޑުގައި ކުޅުނު ރޭގެ މެޗުން އެ ޓީމުން ލީޑުނެގީ 38 ވަނަ މިނިޓްގައި ބޯހާ އިގްލީސިއަސް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން އެރިތާ ތިން މިނެޓުގެ ތެރޭގައި އޭނާ ވަނީ ބާސާއަށް ނަތީޖާ ހަމަހަކޮށްދީފައެވެ. މިއީ ޑެމްބެލޭގެ އެހީއާއެކު ބާސާ ކާމިޔާބުކުރި ލަނޑެކެވެ .

ބާސާގެ ދެ ވަނަ ލަނޑަކީ ބެޓިސްގެ ވިކްޓަ ލުއިޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ބައިކޮޅަށް ލަނޑު ޖެހި ނަމަވެސް ވިކްޓަ ލުއިޒް ވަނީ 75 ވަނަ މިނެޓުގައި ބެޓިސްގެ ދެ ވަނަ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ބާސާ މޮޅުވި ލަނޑު ފެނިގެންދިޔައީ 87 ވަަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބުކޮށާްދިނީ ފޯވާޑް ޓިރިންކާއޯ އެވެ .

މި ނަތީޖާއާއެކު ބާސާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 43 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އެއް މެޗު މަދުން ކުޅެގެން އެތްލެޓިކޯ މެޑްރިޑް އޮތީ 50 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ރެއާލް ބެޓިސް އޮތީ ކުޅުނު 22 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ