logoEN
cocacola
ޕެނަލްޓީގައި ފުރާންސް ބަލިކޮށް ޗެންޕިއަންކަން އާޖެންޓީނާއަށް!

ޕެނަލްޓީގައި ފުރާންސް ބަލިކޮށް ޗެންޕިއަންކަން އާޖެންޓީނާއަށް!

ހަސަން ޝަމްއޫން

logo

12/19/2022, 12:11:07 AM

# ވޯލްޑް ކަޕް 2022

6AC09B2B-4AF8-4711-AE8A-D27832ECC313

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީގައި އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން އާޖެންޓީނާ އިން ހޯދައިފިއެވެ.

ގޮސިޔާ

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓްގައި ލިބުނު ފެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ފުރާންސްގެ ޕެނަލްޓީ އޭރިއާ ތެރެންއިން އެޓީމުގެ ކުޅުންތެރިއަކު ޑީ މާރީއާާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަޓީއެކެވެ.

އާޖެންޓީނާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ36 ވަނަ މިނެޓްގައި އެލެކްސިސް މެކް އެލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އޭންހަލް ޑީ މާރީއާ އެވެ. މިހާފުގައި އާޖެންޓިނާގެ ގޯލައް އަމާޒުކޮށް ފުރާންސް ޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ރަގަޅަށް ކުޅެމުން އައީ އާޖެންޓީނާއެވެ. އަދި މެޗުގެ އޮއެވަރު ބަދަލިވެގެން ދިޔައީ ދެވަނަ ހާފުގެ 64 ވަނަ މިނެޓްގައި މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުން އެންމެ ރަގަޅަށް ކުޅެމުންއައި އޭންހަލް ޑީ މާރީއާ ބޭލުމަށްފަހު މާކޯސް އަކޫނާ ކުޅެން އެރުވި ހިސާބުންނެވެ. އޭއެކު ފުރާންސް ޓީމު ކުރިއަޖެހި އާޖެންޓީނާގެ ގޯލަށް ނުރައްކާކުރަންފެށިއެވެ. އަދި މެޗުގެ ފަހުކޮޅު ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް އާޖެންޓީނާ ޕްރެޝަރަށް ދުއްވާލިއެވެ.

undefined

ފުރާންސްގެ ފުރަތަމަ ލަނޑު ފަހުހާފުގެ 80 ވަނ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ކިލިޔަން އެމްބާޕޭ އަދި އޭގެ ދެމިނެޓް ފަހުން 82 ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބުކޮށް އެމްބާޕޭ ވަނީ މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދީފައެވެ. މިއާއެކު މިރޭގެ މެޗުގެ 90 މިނެޓްނިމި އިތުރަށް ކުޅެވުނު 8 މިނެޓްގެ ކުޅުން ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 2-2 ން ދެޓީމު އެއްވަރުވެގެން ނެވެ.

undefined

މެޗުގެ ނަތީއްޖާނެރުމަށް ކުޅެވުނު އިތުރު ވަގުތ 15 މިނެޓްގެެ ދެވަނަ ހާފުގެ ތިން ވަނަ މިނެޓްގައި މެސީ ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް އާޖެންޓީނާއަށް މެޗުގެ ލީޑް ހޯދައިދީފައެވެ. ނަމަވެސް މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް އެމްބާޕޭ ވަނީ ފުރާންސް އަށް ލިބުނު ޕެނަލްޓީއެގައި މި މެޗުގައި އޭނާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 3-3 ން ދެޓީމު އެއްވަރު ވެގެންނެވެ.

undefined

މެޗުގެ ނަތީއްޖާނެރުމަށް ފުރާންސް ޓީމުން ޖެހި ފުރަތަމަ ޕެެނަލްޓީ ކިލިޔަން އެމްބާޕޭ ކާމިޔާބުކުރި، ނަމަވެސް އެޓީމުގެ ދެވަނަ ޕެނަލްޓީ ކޯމަން ފޮނުވާލުމުން އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދިފާއު ކުރި އެވެ. އަދި ތިންވަނަ ޕެނަލްޓީ ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރ ޗުއަމެނީ ފޮނުވާލުމުން ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

undefined

އާޖެންޓީނާ ޓީމުން ފުރަތަމަ ޕެނަލްޓީ ލިއޮނަލް މެސީ ކާމިޔާބު ކުރި އިރު އެޓީމުގެ ޕައުލޯ ޑިބާލާ، ލިއަންޑްރޯ ޕެރެޑެސް އަދި ގޮންޒާލޯ މޮންޓިއެލް އެސް ވަނީ އެ ކުޅުންތެރިން ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މިއާއެކު މިރޭގެ މެޗުން އާޖެންޓީނާ މޮޅުވީ 4-3 ނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ މަގާމް ލިބުނީ މިރޭގެ މެޗުގައި ހެޓްރިހެދި އެމްބާޕޭ އަށެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް މެސީ ހޯދި ދެވަނަ ފަހަރެވެ. އެންމެ މޮޅު ކީއްޕަރަކީ އާޖެންޓީނާގެ ގޯލްކޯއްޕަރު މާޓިނޭޒް އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ އެންޒޯ ފެނާންޑެޒް އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ އިގިރޭސި ޤައުމީ ޓީމެވެ.

undefined

މިރޭގެ ފައިނަލްގައި އެމްބާޕޭ ޖެހި ތިން ލަނޑާއެކު އޭނާ ވަނީ 1966 ގެ ފަހުން، ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އިންގްލެންޑްގައި 1966 ގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ހުޅަނގު ޖަރުމަނާ ދެކޮޅަށް އިންގްލެންޑުން 4-2 ން މޮޅުވި މެޗުގައި އިންގްލެންޑްގެ ލެޖެންޑް ޖެފް ހާސްޓް ހެޓްރިކް ހަދާފައެވެ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ