
Traffic Police
ފޯޖަރީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 35 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މި މަހުގެ 4 ވަނަ ދުވަހުއެވެ
އޭނާގެ ބަންދާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ 10 ދުވަހު ބަހައްޓައިގެން މަައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.