logoEN
cocacola
ޕެނަލްޓީގައި ބުރެޒިލް ބަލިކޮށް ކްރޮއޭޝިއާ ސެމީ ފައިނަލަށް!

ޕެނަލްޓީގައި ބުރެޒިލް ބަލިކޮށް ކްރޮއޭޝިއާ ސެމީ ފައިނަލަށް!

ހަސަން ޝަމްއޫން

logo

12/9/2022, 11:14:00 PM

# ވޯލްޑް ކަޕް 2022

1447270850.0

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކްރޮއޭޝިއާއިން ހޯދައިފިއެވެ. މިރޭ ކުޅެވުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބުރެޒިލް އާއި ވާދަކޮށް ޕެނަލްޓީގައި އެޓީމު މޮޅުވީ 4-2 ން ނެވެ.

ގޮސިޔާ

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން މާ ފޯރިގަދަ ކުޅުމެއް ނުފެނުނު ނަމަވެސް މިހާފުގައި ބުރެޒިލް ޓީމަށް ވާނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުނު އިރު މިހާފުގައިވެސް ލަނޑު ޖަހާނެ ރަގަލު ފުރުސަތުތަނަވަސް ކުރި ބުރެޒިލްގެ ޓީމުންނެވެ.

undefined

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅެވުން އިިތުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކްރޮއޭޝިއާ އަށް ބުރެޒިލްގެ ޕެނަލްޓީ އޭރިއާތެރެއިން ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުހިފުނުނެވެ. ބްރޫނޯ ޕެޓްކޮވިޗް މުޅިން ހުސްކޮށްލާފައި މާސެލޯ ބްރޮޒޮވިޗް ޖައްސާލި ބޯޅަ އޭނާ ފޮނުވާލުމުން ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ދިޔައި ބޭރަށެވެ.

މިހާފު އެންމެ ފަހުމިނެޓުގައި ބުރެޒިލް ޓީމަށް ލީޑް ހޯދައިދިނީ ނޭމާއެވެ. ނޭމާގެ ގޯލާއެކު މެޗު ނިމެންދަނިކޮށް ކްރޮއޭޝިއާ ޓީމަށް މެޗުގެ ނަތީއްޖާ ހަމަހަމަ ކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް 117 ވަނަ މިނެޓްގައި ބްރޫނޯ ޕެޓްކޮވިޗްއެވެ. މިއާއެކު މެޗުގެ 120 މިނެޓް ކުޅުން ނިމިގެން ދިޔައީ 1-1 ން ދެޓިމު އެއްވަރުވެގެންނެވެ.

undefined

ނަތީއްޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުރެޒިލްގެ ރޮޑްރީގޯ ޖެހި ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވިއިރު ޑިފެންޑަރ މާކުއިންހޯސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބުރެޒިލް ޓީމުން ކަސަމީރޯ އަދި ޕެޑްރޯ ޕެނަލްޓީ ކާމިޔާބުކުރި އިރު ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް، ލޮވްރޯ މަޖަރ، ލޫކާ މޮޑްރިޗް އަދި މިސްލާވް އޮރްސިކް، މިހަތަރު ކުޅުންތެރިން ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން އެޓީމަށް ވަނީ ޖާގަ ކަށަވަރުކޮށްދީފަައެވެ.

މިއީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި އެޓީމު ވާދަކުރާ ތިންވަނަ ފަހަރެވެ. 1998 އަހަރު މުބާރާތުގެ ތިން ވަނަ އެޓީމު ހޯދިއިރު ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕްގެ ފައިނަލްގައި ފުރާންސް އަތުން އެޓީމު ބަލިވީ 4-2 ން ނެވެ.

ސެމީ ފައިނަލްގައި ކްރޮއޭޝިއާ ވާދަކުންޖެހޭނީ މިރޭ ދަންވަރު ކުޅެވޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ