logoEN
cocacola
ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި އިންޑިއާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކުރި އިންޑިއާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

އަލްފާ އަލީ

logo

11/6/2022, 7:08:42 PM

# ފުލުހުން# ޖިންސީ ގޯނާ

breaking ބްރޭކިންގް

ދެކުނުގެ ރަށެއްގައި 12 އަހަރުންގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ)ގައި ހިމެނޭ ރަށެއްގައި 12 އަަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ޔުހުމަތުކުރެވޭ މައްސަލައެއްގައި 2022 ނޮވެމްބަރ 2ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ގާފު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައްސަލައާ ގުޅިގެން 21 އަހަރުގެ ބިދޭސީ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު 09:55 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާ އަށް ނިސްބަތްވާ ބިދޭސީ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ