logoEN
cocacola
އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓުތައް ފަށައިފި

އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓުތައް ފަށައިފި

# އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022

STOMC1322 DAY 1 Morning | | 6289

ގދ. ތިނަދޫގައި ރޭ ފެށި، އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އިވެންޓުތައް މިއަދު ފަށައިފިއެވެ.

ގޮސިޔާ

މި މުބާރާތް ފަށާފައިވަނީ ތިނަދޫ ސްޓޭޑިއަމްގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަނާއި، ޔޫތް މިނިސްޓްރީ، ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ގދ. ތިނަދޫ ތަމްސީލުކުރައްވާ ދެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ 13 ވަނަ ގައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތެވެ. މި މުބާރާތް މިފަހަރު ތިނަދޫގައި ބާއްވަނީ، ހޯސްޓު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށް ތިނަދޫ ކައުންސިލުން ހުށައެޅި ބިޑް ކާމިޔާބުވުމާއެކު އެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާނެ އެވެ.

undefined

މުބާރާތުގެ އިވެންޓުތައް މިއަދު ހެނދުނު ސްޓޭޑިއަމްގައި ފަށާފައިވާއިރު، ހެނދުނު ދަންފަޅީގައި ދެ އިވެންޓެއްގެ ފައިނަލް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ 13 އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕާއި 13 އަހަރުން ދަށުގެ ފިރިހެން ބައިގެ ހާޑް ބޯލް އިވެންޓެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.

ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.

ގިނަ އެތްލީޓުންނާއެކު ކޮންމެ އަހަރަކުވެސް ބާއްވާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.

ތިނަދޫގައި ބާއްވާ މަކިޓާ ނެޝަނަލް ޖޫނިއާ އެތްލެޓިކްސް މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ތިނަދޫ ސްޓޭޑިއަމްގައި ކުރިއަށްދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ