logoEN
ކޮކާކޯލާ
ތިނަދޫ ކައުންސިލަކީ އެހެން ކައުންސިލްތަކަށް އޮތް ނަމޫނާ އެއް - ތިނަދޫ އެސްޖީ

ތިނަދޫ ކައުންސިލަކީ އެހެން ކައުންސިލްތަކަށް އޮތް ނަމޫނާ އެއް - ތިނަދޫ އެސްޖީ

# ގދ. ތިނަދޫ ކައުންސިލް# އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022

MLH_1451

ގދ ތިނަދޫ ކައުންސިލަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލްތިަކަށް އޮތް ނަމޫނާ އެއް ކަމަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އަބުޅޯ

މިރޭ ތިނަދޫގައި ފަށާ، އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެކައުންސިލަކީ ރާއްޖޭގެ އެހެން ރަށްރަށުގެ ކައުންސިލްތަކަށް އޮތް "ލާމަސީލު މިސާލެއް" ކަމަށެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.

ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.

ގިނަ އެތްލީޓުންނާއެކު ކޮންމެ އަހަރަކުވެސް ބާއްވާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.

ތިނަދޫގައި ބާއްވާ މަކިޓާ ނެޝަނަލް ޖޫނިއާ އެތްލެޓިކްސް މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ތިނަދޫ ސްޓޭޑިއަމްގައި ކުރިއަށްދާނެ އެވެ.

ތަފްސީލް އަންނަނީ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ