logoEN
Sto top
އިންޑިއާ މީހާ ޑީޕޯޓް ކުރަން ނިންމީ މަސްލަހަތައްޓަކައި - ޕީޖީ އޮފީސް

އިންޑިއާ މީހާ ޑީޕޯޓް ކުރަން ނިންމީ މަސްލަހަތައްޓަކައި - ޕީޖީ އޮފީސް

ހުސެއިން

logo

1/28/2021, 12:36:46 PM

# ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް

india-meehaa

ހުޅުމާލެގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހާ ޑީޕޯޓް ކޮށްލީ މަސްލަހަތައްޓަކައި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Wamco

ޕީޖީ އޮފީހުން ބުނީ، އެ މީހާ ޑީޕޯޓް ކުރުމަށް ނިންމީ، މި މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތް ކުރި އިރު މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރުމަށް ވުރެ މަސްލަހަތު ބޮޑީ ތުހުމަތު ކުރެވޭ ފަރާތް ޑީޕޯޓް ކޮށްލުމުން ކަމަށް ފެންނާތީ ކަމަށެވެ.

އަދި މައްސަލަ އެ އޮފީހަށް ހުށަހެޅި އިރު ތަހުގީގު ކުރި ފަރާތުން ވެސް ހިޔާލު ދިނީ އިންޑިއާ މީހާ ޑީޕޯޓް ކޮށްލުމުގެ މަސްލަހަތު ބޮޑު ކަމަށް ކަން ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ކުރިން ވެސް އަމަލު ކުރާ ގޮތެއް ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ހުޅުމާލޭ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާ، މިދިޔަ ހަފްތާ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލަ ޕީޖީއަށް ފޮނުވުމުން، އޭނާ ޑިޕޯޓް ކުރުމަށް ނިންމާފައި ވަނީ ޕީޖީން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އިންޑިއާ މީހާ ޑީޕޯޓް ކުރުމަށް ޕީޖީން ނިންމުމާއެކު، އޭނާ އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside