
DR-Umar1-e1611729915396
ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް ދީފައިވާ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށިގެންދިއުމަކީ ވަރަށްބޮޑު އުންމީދެއްކަމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިޔާއަށް ޑރ.ހަސަން އުމަރު ދެއްވި އިންޓަރވިއުއެއްގައި މިމަަސައްކަތް ރާއްޖޭގައި ކުރަންޖެހޭ ސަބަބާއި، މިކަމުގެ ސަބަބުން ލިބިގެންދާ ފައިދާތައް ވަރަށް ތަފްސީލް ގޮތެއްގައި ވިދާޅުވެދެއްވާފައިވެއެވެ.
ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ޑރ. އުމަރުގެ ބޮޑު އުންމީދަކަށްވާއިރު، އެހިދުމަތް ރާއްޖޭގައި ފެށިގެންދާނެކަމުގެ ޔަގީންކަން އަބަދުވެސް އޮންނަކަމުގައި އުމަރު ފާހަގަކުރެއްވިއެވެ.
އަޅުގަނޑަށް އަބަދުވެސް ޔަގީންކަން އޮވޭ ރާއްޖޭގައިވެސް މިހިދުމަތް ފެށޭނެކަން. ކުރިއަރަމުންދާ ގައުމެއް. ދުނިޔޭގެ ހުރި ހުރިހާ ޕްރޮފެޝަނަލް ހިދުމަތްތަކެއްވެސް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ބޭނުންތެރި ދާއިރާއެއް މިދާއިރާއަކީ.
ޑރ. އުމަރުގެ ވިދާޅުވިއެވެ.
ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމެކެވެ. މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ތަހުގީގީ ބޭނުންތަކަށް އޮޓޮޕްސީ ހަދަން ކޮންމެހެން މުހިންމު ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން އެކަން ހަމަޖައްސައިދެވޭނަމަވެސް އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑެވެ.